ސަފާރީތަކުގެ ފަޅުވެރިން ފަޅުތެރޭގަ މުޒާހަރާއަކަށް ތައްޔާރުވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ސަފާރީތަކުގެ ފަޅުވެރިން ފަޅުތެރޭގަ މުޒާހަރާއަކަށް ތައްޔާރުވަނީ!

ކަރަންޓީނު މުއްދަތު ހަމަވެފައިވާ ސަފާރީތަކުން އެމީހުން ފޭބުމާއިމެދު ގޮތެއް ނިންމައިދިނުން ލަސްވަމުންދާތީ ޑިންގީ ތަކުގައި ފަޅުތެރޭގައި ޞުލްޙަވެރި މުޒާހަރާއަކަށް ތައްޔާރުވަމުން އެބަދެއެވެ.

މިއަދުނޫހަށް މައުލޫމާތު ދިން ސަފާރީއަކުން ރޭ ބުނެފައިވަނީ އެ ސަފާރީން ގެސްޓުން ހުސްވިތާ މިހާރު ދޮޅު މަސް ދުވަސް ވެއްޖެ ކަމަށާއި ނަމަވެސް އަދިވެސް ފޭބުމުގެ ހުއްދަ ނުލިބޭ ކަމަށެވެ. މިއަދު މައުލޫމާތު ދިން މީހަކު ބުނީ 14 ދުވަސް ވުމުން ފޭބުމުގެ ހުއްދައަށް އެދުނުތާ 4 ދުވަސް ވެއްޖެ ކަމަށާއި ފޭބުމުގެ ހުއްދައަށް އެދި އެޗްޕީއޭއަށް އީމޭއިލް ކުރުމުން އަދިވެސް އެއްވެސް ޖަވާބެއެް ނުލިބޭ ކަމަށެވެ.

"އެހެންވެ ސަފާރީތަކުން މި ނިންމީ ޑިންގީތަކުގައި ސޯޝަލް ޑިސްތޭންސް ބާއްވައިގެން ޞުލްޙަވެރި މުޒާހަރާއެއް ކުރަން. އަޅުގަނޑުމެން އަޑުގަދައެއްވެސް ނުކުރާނަން! އަޅުގަނޑުމެންގެ ޝުޢޫރުތައް ބޯޑުތަކުގަ ހާމަކުރާނީ! އަޅުގަނޑުމެންގެ ތެރޭގައި ޢާއިލާ އާ ބައްދަލު ނުވާތާ 3، 4 މަސްވީ މީހުން އެބަ ތިބި. އަޅުގަނޑުމެން މިއެދެނީ ސާމްޕަލް ޓެސްޓް ކޮށްފަ ނަމަވެސް އަޅުގަނޑުމެންނަށް ޖަވާބެއް ދެއްވަން."

"އިއްޔެވެސް ވަރަށް ގުޅިން އެކަމަކު އެއްވެސް ޖަވާބެއް ނުލިބޭ! ޖަވާބު ނުދެނީސް ފޭބުމަކީ ކުށެއް. އެހެންވެ ބިތިބީ ބަންދުވެފަ. ސަފާރީތައް ހުއްޓުމުން ވަރަށް ގޮތްގޮތްވެސް އެބަ މެދުވެރިވޭ. ވީމާ ބަންދުގައި ގޮތެއް ނުނިމި މިހެން ތިބުމަކީ ވަރަށް އުނދަގޫ ކަމެއް!" ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މިއަދު އޮންލައިން