ރޯޔަލް އައިލެންޑް ރިސޯޓުގައި ކަރަންޓީނު ކޮށްފައިވާ ދިވެއްސެއްގެ ފަރާތުން #ކޯވިޑް19 ގެ އަލާމާތްތައް ފެނި، ސާމްޕަލް ނަގައި ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެއްޖެ ކަމަށާއި އެއީ، އިނގިރޭސި ވިލާތުން އެނބުރި އައި މީހެއް ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
ވީމާ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެ ރާއްޖޭގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު މިވަނީ 3 އަށް އަރައިފައެވެ. 3 މީހުންނަކީވެސް އިނގިރޭސިވިލާތުން ރާއްޖެއައި 3 ދިވެހިންނެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ އެއިރު ފަރުވާ ދެމުން ދިއަ 2 މީހުންގެ ޙާލުވެސް ޢާންމުގޮތެއްގައި ރަނގަޅު ކަމަށެވެ.
"ރޯޔަލް އައިލެންޑް ރިސޯޓުގައި ކަރަންޓީނު ކޮށްފައިވާ ދިވެއްސެއްގެ ފަރާތުން #ކޯވިޑް19 ގެ އަލާމާތްތައް ފެނި، ސާމްޕަލް ނަގައި ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެއްޖެ. އެއީ، އިނގިރޭސި ވިލާތުން އެނބުރި އައި މީހެއް."-- އެޗްޕީއޭ