ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެހީގެ ތަކެތި ފޮނުވޭނެ އިންތިޒާމު ހަމަޖައްސަައިފި!

ކިޔުމަށް ހޭދަވާނީ 56ސ
ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެހީގެ ތަކެތި ފޮނުވޭނެ އިންތިޒާމު ހަމަޖައްސަައިފި!

އަވަށްޓެރި ޝްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެހީގެ ތަކެތި ފޮނުވޭނެ އިންތިޒާމު ރާއްޖޭ ސަރުކާރުން ހަމަޖައްސައިފިއެވެ.

މިކަމާއި ގުޅޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ލަންކާގައި އުޅޭ ދިވެހިންނަށް، އެމީހުންގެ އާއިލާތަކުން އެހީގެ ތަކެތި ފޮނުވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށާއި އެގޮތުން މިތަކެތި ލަންކާ އަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސަރުކާރުން ޗާޓަރުކޮށްގެން ލަންކާ އަށް ދަތުރުކުރާ ކާގޯ ފްލައިޓެއްގައި ކަމަށެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލު މާދަމާ ހާމަ ކުރައްވާނެ ކަަމަށާއި މިއިންތިޒާމުގެ ސަބަބުން ލަންކާގައި ދިވެހި އާއިލާތަކަށް ކޮްންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރ ޝާހިދު ވިދާޅުވެފައިވެއެވެ.

ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 އާއި ގުޅިގެން ލަންކާގައި ފްލައިޓުތައް ޖެއްސުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާއިރު، އޭގެ ސަބަބުން ލަންކާގައި އުޅޭ ދިވެހިންނަށް އެނބުރި ގައުމަށް އަންނަން ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.

މިއަދު އޮންލައިން