ކައިވެނީގެ ރަނަކަށް އޭނާގެ އަމިއްލަ އަތުން ލިޔެފައިވާ ކީރިތި ޤުރްއާނުގެ މުޞަހަފެއް ހަދިޔާކޮށްފިއެވެ. އަމިއްލަ މީހަކު ހާމަކުރި ޚަބަރަކާއި ގުޅިގެން އިތުބާރު ހުރި ދީނީ ބައެއް ޖަމިއްޔާތަކުންވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމުގެ މައުލޫމާތު ޢާންމުވީ 2019 ވަނަ އަހަރުގެ ފެބްރުވަރީ މަހު މީހަކު ކޮށްފައިވާ ޓިވީޓަކާއި ގުޅިގެން އުސްތާޛާ އަސްމާ ލިޔުއްވާފައިވާ ލިޔުވުމަކާއި ގުޅިގެންނެވެ.
އެކަންކުރި މީހާ މިހާރު ފާހަގަކުރެވިފައިވާތީ އޭނާ އާއި ގުޅޭތޯ މިއަދުނޫހުން މިގެންދަނީ މަސައްކަތްކުރަމުންނެވެ.
ދުޢާކުރަންވީ ކައިވެނީގެ ރަނަކަށް ދޭން މުޞްޙަފް ލިޔުނު އިރު ލިޔުނު އަކުރުތަކުގެ ތެރެއިން އެންމެ އަކުރެއް ވެސް ދޫކޮށް ނުލައި ޒަވާޖީ ޛަޔާތުގައި ޢަމަލުކުރުމުގެ ވިސްނުމާއި ތައުފީޤް އޭނާއަށް ދެއްވެވުމަށެވެ! އަދި ޙަޔާތުގެ ހުރިހާ ކަމެއްގައިވެސް މެއެވެ!