ކޮރޯނާ ވައިރަސްގަ ގަޑިއަކު 244 މީހުން މަރުވާން ފަށައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ކޮރޯނާ ވައިރަސްގަ ގަޑިއަކު 244 މީހުން މަރުވާން ފަށައިފި!

ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސްގެ ވަބާގައި އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން ގަޑިއަކު 244.5 މީހުން މަރުވެއެވެ. 

މިއަދު މެންދުރު 1.30 ވީއިރު ދުނިޔޭގައި ކޮރޯނާ ވައރިސް ޖެހުނު މީހުންގެ އަދަދަކީ 665,985 އެވެ. ގަދަވި މީހުންގެ އަދަދަކީ 142,479 އެވެ. މަރުވި މީހުންގެ އަދަދަކީ 30,935 އެވެ.  

ހަވީރު 5.30 ވީއިރު ދުނިޔޭގައި ކޮރޯނާ ވައރިސް ޖެހުނު މީހުންގެ އަދަދަކީ 680,515 އެވެ. ގަދަވި މީހުންގެ އަދަދަކީ 146,366 އެވެ. މަރުވި މީހުންގެ އަދަދަކީ 31,913އެވެ.  

މިއަދަދުތަކަށް ބަލައިފިނަމަ ބަލިޖެހުނު މީހުންގެ އަދަދު އެވަނީ 4 ގަޑިއިރު ތެރޭ 14530 އިތުރުވެފައެވެ. އެއީ ގަދިއަކު 3632.5 މީހުންނެވެ! ޝިފާ ލިބުނު މީހުންގެ އަދަދަކީ 3887 މީހުންނެވެ. އެއީ ގަޑިއަކު 971.75 މީހުންނެވެ. މަރުވި މީހުންގެ އަދަދަކީ 978 އެވެ. އެއީ ގަޑިއަކު 244.5 މީހުންނެވެ.  

ކޮރޯނާ ވައިރަސްގަ ހުރި ނުރައްކާތެރިކަން އިހްޞާޞް ކުރެވޭނަމަ ކުޑަ ދޮރުން ބޭރަށް ބޯވެސް ނުލާނެ ކަމަށް ޑޮކްޓަރުން ބުނަމުން އެގެންދަނީ މިފަދަ ސަބަބުތަކަށްޓަކައެވެ. އެއްވެސް ކޮންޓްރޯލެއް ނެތި ބާރަށް ބަލި ފެތުރެމުންދާތީއެވެ. މަރުވާ މީހުންގެ އަދަދު ގިނަވަމުންދާތީއެވެ.

 

 

 

 

 

 

 

 

މިއަދު އޮންލައިން