އިތުރަށް ޕޮޒިޓިވް ވެފައިވަނީ މިމަހު 27 ވަނަ ދުވަހު ސާމްޕަލް ނެގި މީހެއް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 52ސ
އިތުރަށް ޕޮޒިޓިވް ވެފައިވަނީ މިމަހު 27 ވަނަ ދުވަހު ސާމްޕަލް ނެގި މީހެއް!

ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވި ދެވަނަ މީހާއަކީ މިމަހުގެ 27 ވަނަ ދުވަހު ސާމްޕަލް ނެގިފައިވާ މީހެއް ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ. 

އެޗްޕީއޭއިން މިއަދު ބުނެފައިވަނީ "ރޯޔަލް އައިލެންޑް ރިސޯޓުގައި ކަރަންޓީނު ކޮށްފައިވާ ދިވެއްސެއްގެ ފަރާތުން ކޯވިޑް19 ގެ އަލާމާތްތައް ފެނި، ސާމްޕަލް ނަގައި ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެއްޖެ ކަމަށާއި އެއީ، އިނގިރޭސި ވިލާތުން އެނބުރި އައި މީހެއް" ކަމަށެވެ. 

މިއީ ރާއްޖޭގައި މިހައިތަނަށް ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި ދެވަނަ މީހާއެވެ. ފުރަތަމަ ވެސް ޕޮޒިޓިވްވެފައިވަނީ އިނގިރޭސިވިލާތުން ރާއްޖެ އައުމުން ކަރަންޓީނުކޮށްފައި ހުރި މީހެކެވެ. 

ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ތެރެއިން 2 މީހަކު ޕޮޒިޓިވްވިކަން އެނގުނީ އެ 2 މީހުން ރާއްޖެއިން ފުރިފަހުންނެވެ. ދެން ތިބި 15 މީހުންގެ ތެރެއިން 11 މީހަކު ވަނީ ބައްޔަށް ނެގަޓިވްވެފައެވެ. ވީމާ މިހާރު ފަރުވާ ދެވެމުން ދަނީ 4 މީހުންނަށެވެ. އެއީ 2 ދިވެހިންނާއި 2 ފަތުރުވެރިންނެވެ.

 

 

 

މިއަދު އޮންލައިން