ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވަނީ އިނގިރޭސިވިލާތުން އެނބުރި އައުމުން، ރޯޔަލް އައިލެންޑް ރިސޯޓްގައި ކަރަންޓީނުކޮށްފަ ހުރި ދިވެއްސެއް ކެވެ.
މިއީ ކޮރޯނާވައިރަހަށް ޕޮޒިޓިވް ދެވަނަ ދިވެހި މީހާ އެވެ.
މިއަދު ޕޮޒިޓިވްވި ދިވެހި މީހާއާ އެކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ، 17އެވެ. އޭގެ ތެރެއިން، 11 މީހަކު މިހާތަނަށް ވަނީ މިބަލިން ރަނގަޅުވެފަ އަދި 6 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.