3 ރިސޯޓަކާއި ސަފާރީއަކުން ނެގި ސާމްޕަލްތައް ނެގަޓިވް!

ކިޔުމަށް ހޭދަވާނީ 1މ 10ސ
3 ރިސޯޓަކާއި ސަފާރީއަކުން ނެގި ސާމްޕަލްތައް ނެގަޓިވް!

ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން 3 ރިސޯޓަކާއި، ސަފާރީއަކުން ނެގި ހުރިހާ ސާމްޕަލްގެ ނަތީޖާ އެބައްޔަށް ނެގެޓިވް ވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް ރިސޯޓާއި ގްރޭންޑް ޕާރކް ކޮއްދިއްޕަރު މޯލްޑިވްސް އާއި ޖޭ.އޭ. މަނަފަރު މޯލްޑިވްސް ރިސޯޓުން ނެގި ސާމްޕަލްތައް ނެގެޓިވް ވެފައިވާކަމަށެވެ. މީގެ އިތުރުން މާހާ ސަފާރީން ނެގި ސާމްޕަލްތަކުގެ ޓެސްޓުގެ ނަތީޖާވެސް ނެގެޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިނަތީޖާތައް ނެގެޓިވްވުމުން މިރަށްތަކާއި، ސަފާރީ މޮނިޓަރިންގެ ހާލަތުން ނެގިފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

 

ކޯވިޑް-19އަށް ރާއްޖެއިން މިހާތަނަށް ޕޮސިޓިވްވެފައިވަނީ 16 މީހެއް، އެއީ:

ކުރެއްދޫ އައިލެންޑް ރިސޯޓުން 5 މީހުން

ސޭންޑީޒް ބަތަލާ ރިސޯޓުން 2 މީހުން

ކުރަމަތި މޯލްޑިވްސްއިން 2 މީހުން

ސަފާރީއަކުން 2 މީހުން

އަނަންތަރަ ދިގު މޯލްޑިވްސްއިން 2 މީހުން

އިގިރޭސި ވިލާތުން ރާއްޖެ އައި ދިވެއްސެއް

ރާއްޖެއިން އިޓަލީއަށް ފުރައިގެންދިޔަ 2 މީހެއް

 

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި 16 މީހުންގެ ތެރެއިން ދެމީހުންނަކީ ރާއްޖެއިން ފުރައިގެން ދިޔަފަހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ދެމީހެކެވެ.

ރާއްޖޭގައި ކޯވިޑް-19އަށް މިހާރު ފަރުވާދެމުންދަނީ 3 މީހަކަށެވެ. 11 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ.

މިއަދު އޮންލައިން