މާދަމާއިން ފެށިގެން ޓެލެކްލާސްތައް އަލުން ފަށަނީ!

ކިޔުމަށް ހޭދަވާނީ 42ސ
މާދަމާއިން ފެށިގެން ޓެލެކްލާސްތައް އަލުން ފަށަނީ!

ރާއްޖެއިނކޮރޮނާ ވައިރަސް ނުވަތަ ކޮވިޑް19 ފެނުމާއި ގުޅިގެން ސްކޫލުތައް ބަންދުކޮށްފައި ހުރި ނަމަވެސް ދަރިވަރުންގެ ކިޔެވުން މެދުނުކެނޑޭނެ ގޮތަށް، ދަރިވަރުންނަށް ޕީއެސްއެމްގެ ޗެނަލްތައް މެދުވެރިކޮށް ގެނެސް ދެމުން އަންނަ ޓެލިކިލާސް ޕްރޮރްގާމުތައް ހުއްޓާލުމަށްފަހު އަލުން އެ ޕްރޮގްރާމުތައް ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނިންމައިފިއެވެ.

އެމިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މާދަމާ ހެނދުނު 8:00އިން ފެށިގެން 10:00ގެ ނިޔަލަށް ޓެލިކިލާސް ޕްރޮގްރާމުތައް އަލުން ޔެސްޓީވީން ދައްކަން ފަށާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ޓެލެކްލާސްތައް ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އަދި ކޯވިޑް-19 އާއި ގުޅިގެން މިދިޔަ ހަފްތާ ބަންދުވުމާއި ގުޅިގެން، މިމަހުގެ 18 ވަނަ ދުވަހު އެކްލާސްތައް ވަނީ މެދުކަނޑާލާފައެވެ.

މިއަދު އޮންލައިން