ސައުދިޢަރަބިޔާއަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސްގެ ޙާލަތުން އަރައިގަތުމަށްޓަކައި ޗައިނާއަށް ފޯރުކޮށްދެވެން އޮތް ކޮންމެ އެހީތެރިކަމަކަށް ސައުދިޢަރަބިޔާއިން ބޭނުންވާކަމަށް ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ވިދާޅުވެއްޖެއެވެ.
ސަލްމާން ރަސްގެފާނު މިމޭރުމުން ވިދާޅުވެފައިވަނީ ހުކުރު ދުވަހު ޗައިނާގެ ރައީސް ޒީޖިންޕިން އާއި ދެބޭފުޅުން ފޯނުން ދެއްކެވި ވާހަކަފުޅުގައެވެ. ސަލްމާން ރަސްގެފާނު ވަނީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ޗައިނާއިން އެޅި ހަރުދަނާ ފިޔަވަޅުތައް ފާހަގަކުރައްވައި ތަޢްރީފް ކުރައްވައިފައެވެ.
ސައުދިޢަރަބިޔާގައި އިއްޔެ ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 112 އެވެ. އިއްޔެ އާއި ހަމައަށް ޝިފާ ލިބިފައިވަނީ 33 މީހުންނަށެވެ. މަރުވި މީހުންގެ އަދަދަކީ 4 އެވެ. 1066 މީހަކަށް ގެންދަނީ ފަރުވާދެމުންނެވެ.
ސައުދީ ހުރިހާ ޕަރޮވިންސްތަކެއް ވަކީ ކަރަންޓީނުކޮށް ޕްރޮވިންސުން ބޭރަށް ނުދެވޭނެ ގޮތް ހަދައިފައެވެ.