އިތަލީގެ ރައީސް ކަރުނަ އަޅުއްވާ ފޮޓޯއެއް މީޑިއާގައި ދައރުކޮށްފައިވާއިރު އެ ފޮޓޯއަކީ ޙަޤީޤަތެއް ނޫން ކަމަށް ބުނެފިއެވެ.
އެ ފޮޓޯއަކީ ޙަޤީޤަތެއް ނޫން ނަމަވެސް ކޮރޯނާ ޖެހިގެން މަރުވާ މީހުންގެ އަދަދު އިޓަލީގެ ދަނީ އިތުރުވަމުންނެވެ. އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީގައެވެ އިޓަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 9,134 އަށް އަރައިފައެވެ. ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ އަށް 86,498 އަރައިފައެވެ. އިޓަލީ މިހާރުވެފައިވަނީ އެމެރިކާ ފިޔަވައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި އަދި އެންމެ ގިނަ މީހުން މަރުވި ޤައުމަށެވެ. 66,414 މީހުންނަށް ދަނީ ފަރުވާ ކުރަމުންނެވެ. ސީރިއަސް ޙާލަތުގައި 3,732 މީހުން އެބަތިއްބެވެ!
އެ ފޮޓޯއަކީ ޙަޤީޤަތެއް ނޫން ނަމަވެސް މިހާލަތުގައި އިޓަލީގެ ރައީސް ހިތާމަކުރައްވާނެ މިންވަރު ފާހަގަކުރެވެއެވެ. ކޮރޯނާގެ ޙާލަތުގައި އިޓަލީގެ ބައެއް ހުށަހެޅުންތައް ބުރާސްފަތި ދުވަހު އީޔޫ އިން ވަނީ ބަލައި ނުގެންފައެވެ. އެހެންކަމުން އިޤްޠިޞާދަށް ކުރިމަތިވާނެ މައްސަލަތައް ބޮޑުކަންވެސް ފާހަގަކުރެވެއެވެ.