ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވި ދިވެހި ކުއްޖާއަށް އެންމެން ހެޔޮ ދުޢާކުރަމާތޯ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވި ދިވެހި ކުއްޖާއަށް އެންމެން ހެޔޮ ދުޢާކުރަމާތޯ!

ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް މިރޭ ވިދާޅުވީ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ 22 ވަނަ ދުވަހު އިނގިރޭސިވިލާތުން ރާއްޖެއައި ކުއްޖެއް ކަމަށެވެ. އަދި އޭނާގެ ކިބައިން ޢަލާމާތްތައް ފެނުނީ 25 ވަނަ ދުވަހު ކަމަށާއި ނަތީޖާ ލިބުނީ މިއަދު ކަމަށެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރުން ވިދާޅުވީ އޭނާގެ ސާމަޕްލަ ނެގީ ވަރަށް އާދައިގެ ކުދި ކުދި ޢަލާމާތްތަކެއް ފެނިގެން ކަމަށާއި އަދިވެސް އެކަން އޮތީ އެ ޙާލަތުގައި ކަމަށެވެ. 

މީގެ އިތުރުން ޔޫއޭއީގައި ދިވެއްސަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި ކަމުގެ މައުލޫމާތު ގަލްފް ނިޔުސް އިން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އޭނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް އަދިވެސް ސަރުކާރަށް ލިބިފައެއް ނުވެއެވެ. 

މިއީ އެންމެން އެކަކު އަނެކަކަށް ހެޔޮދުޢާކުރަންވީ ވަގުތެވެ! ޕޮޒިޓިވްވި ކުއްޖާއަށާއި އަދި ޕޮޒިޓިވްވި ކަމަށް ބެލެވޭ މީހާއަށްޓަކައި އެންމެންވެސް ހެޔޮ ދުޢާކުރަމާތޯއެވެ! އަދި މި ނުރައްކާތެރި ވައިރަސް އިން އެންމެހައި ދިވެހިންނާއި އަދި ދުނިޔޭގެ އެންމެންވެސް ސަލާމަތް ކޮށްދެއްވެވުން އެދި ވެސް ދުޢާކުރުން ގިނަކުރަމާތޯއެވެ!

މިއަދު އޮންލައިން