ރާއްޖޭގައި މާބަނޑު އަންހެނަކަށް ކޮރޯނާ ޖެހިއްޖެ ނަމަ ވިއްސަން ކުރާނީ އޮޕަރޭޝަންކަމަށާއި މަންމަ ނެގަޓިވް ވަންދެން ދަރިފުޅު އެކަހެރިކުރާނެ ކަމަސް ޑރ. ފައިޞަލް ވިދާޅުވެއްޖެއެވެ.
ޑރ. ފައިޞަލް ވިދާޅުވީ ދަރިފުޅަށް މައިމީހާގެ ގާތުން ޖައްސައިގެން ކިރު ނުދޭނެ ކަމަށާއި ކިރުދޭނީ ނަގައިގެން ކަމަށެވެ. އަދި ހުރިހާ ކަމެއްވެސް ކުރާނީ ދެމަފިރިންގެ އިޒުނަ އާއިއެކުގައި ކަމަށްވެސް ފައިޞަލް ވަނީ ވިދާޅުވެފައެވެ.
"ރާއްޖޭގައި ކޮވިޑް ޖެހިފައިހުރި މަންމަމެންގެ ވިއްސަން ކުރާނީ އޮޕަރޭޝަން. ދަރިފުޅު ބާއްވާނީ މަންމައާ ވަކިން (14 ދުވަސް މަންމަ ނެގަޓިވް ވަންދެން) ދަރިފުޅު ޓެސްޓުކުރާނެ. ދޭނީ މަންމަގެ ކިރު ނަގާފާ (ގާތުން ނުޖައްސާނެ) * މިހުރިހާ ކަމެއް ކުރާނީ ދެމަފިރިންގެ އިޒުނައާއެކު"
ޑރ. ފައިސަލްގެ ޓްވީޓުން އެނގިގެންދަނީ މާބަނޑު އަންހެނުން ކޮރޯނާ ވައިރަސް އިން ސަލާމަތްވުމަށްޓަކައި ގޭގައި މަޑުކުރުމުގެ މުހިންމުކަން ކަމުގައި ފާހަގަކުރެވެއެވެ.
https://twitter.com/Faisalnaifaru/status/1243391558973444098