ހޮލިޑޭ އައިލަންޑުގަ ކަރަންޓީނު ކޮށްފަ ހުރި ދިވެއްސަކު ޕޮޒިޓިވް ވެއްޖެއެވެ. މިއީ ފުރަތަމަ ޕޮޒިޓިވް ވި ދިވެހި މީހާއެވެ.
މީގެކުރިން ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން 9 މީހަކު މިހާރު ވަނީ ރަނގަޅުވެފައެވެ. ވީމާ އަލަސް ޕޮޒިޓިވްވި މީހާ އާއިއެކު މިހާރު ފަރުވާދެވެމުން ދަނީ ޕޮޒިޓިވްވެފައިވާ 5 މީހުންނަށެވެ!
ޕޮޒިޓިވް ވި މީހާއަކީ މިމަހުގެ 22 ވަނަ ދުވަހު އައިސްފައިވާ މީހެކެވެ. ބައެއް ކުދި ޢަލާމާތްތައް ފެންނަންފެށީ 25 ވަނަ ދުވަހުއެވެ. ޓެސްޓް ކުރީ ކުދި ޢަލާމާތްތައް ފެނުމުންނެވެ.
Sample taken from a Maldivian national who was quarantined in Holiday Island Resort Quarantine Facility has tested POSITIVE for #COVID19.
— Health Protection Agency (@HPA_MV) March 27, 2020