"ގަދަބާރު" އެންމެ ނިކަމެތި ޤައުމަށް! އެމެރިކާގަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު ޗައިނާއަށްވުރެ ގިނަވެ ރެކޯޑް ޤައުމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
"ގަދަބާރު" އެންމެ ނިކަމެތި ޤައުމަށް! އެމެރިކާގަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު ޗައިނާއަށްވުރެ ގިނަވެ ރެކޯޑް ޤައުމަށް!

ޗައިނާގައި ކޮރޯނާ ވައިރަސް ފެތުރެން ފެށުމުން "ޗައިނާ ވައިރަސް" ގެ ނަމުން ބައްޔަށް ނަންދީ ޗައިނާއަށް މަލާމާތްކުރަމުން އައި އެމެރިކާގައި ކޮރޯނާ ވއިރަސް މިހައިތަނަށް ޖެހިފައިވާ މީހުންގެ އަދަދު ޗައިނާއަށްވުރެ ގިނަވެ ދުނިޔޭގެ ރެކޯޑް ޤައުމަށް ވެއްޖެއެވެ.

މިވަގުތުގެ ހިސާބުތައް ދައްކާ ގޮތުން އެމެރިކާގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 85,467 އަށް އިތުރުވެފައެވެ. ޗައިނާގެ ޢަދަދަކީ 81,828 އެވެ. މިއީ ހަތަރުވަރަކަށް ހާސް މީހުން އިތުރު ޢަދަދެކެވެ. އިޓަލީގައި ވަނީ 80,589 އަށް އިތުރުވެފައެވެ. މިއަދަދަކީ ޗައިނާގެ ޢަދަދާއި ވަރަށް ގާތްކުރާ އަދަދެކެވެ. ސްޕޭންގައިވަނީ 57,786 އަށް އިތުރުވެފައެވެ. ޖަރުމަނުގައި ވަނީ 43,938 އަށް އިތުރުވެފައެވެ

މިޚަބަރު ލިޔަމުންދާއިރު ކޮރޯނާ ވައިރަސް ޖެހިފައިވާ ދުނިޔޭގެ އަދަދަކީ 533,015އެވެ. މަރުވި މީހުންގެ އަދަދަކީ 24,095 އެވެ.

މިއަދު އޮންލައިން