ޑރ. މުޙައްމަދު ޢަލީގެ ތައްރީފް ނަރުހުންނަށް!: ކޮރޯނާ އަށް ފަރުވާ ދޭން ޑޮކްޓަރުންނަށް ވުރެ މާގިނަ ވަގުތު ނަރުހުން ތަކްލީފް އުފުލާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ޑރ. މުޙައްމަދު ޢަލީގެ ތައްރީފް ނަރުހުންނަށް!: ކޮރޯނާ އަށް ފަރުވާ ދޭން ޑޮކްޓަރުންނަށް ވުރެ މާގިނަ ވަގުތު ނަރުހުން ތަކްލީފް އުފުލާ!

ކޮރޯނާ ވައިރަސް އާއި ގުޅިގެން ހޮސްޕިޓަލަށް އެޑްމިޓް ކުރެވޭ ބަލި މީހުންނަށް ޚިދުމަތް ކުރުމުގައި ޑޮކްޓަރުންނަށްވުރެ މާގިނަ ވަގުތު ނަރުހުން މާ ބުރަކޮށް ޚިދުމަތްކުރާ ކަމަށް ޑރ. މުޙައްމަދު ޢަލީ ވިދާޅުވެއްޖެއެވެ. 

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުޙައްމަދު ޢަލީ ވިދާޅުވީ ހަމައެކަނި ކޮރޯނާ ވައިރަސް ޖެހިފައިވާ ޕޭޝަންޓުން ގާތަށް ދާއިރު ރައްކާތެރިކަމުގެ ގޮތުން ލާން ޖެހޭ ބަރު ހެދުމަށް ބެލި ނަމަވެސް ޑޮކްޓަރުން އެ ހެދުން ލައިގެން ހޭދަ ކުރަނީ މަދު ވަގުތުކޮޅެއް ކަމަށާއި ނަމަވެސް އެ ބަރު ހެދުން ލައިގެން ނަރުހުންނަށް 8 ގަޑިއިރުވެސް ހޭދަކުރަން ޖެހޭ ކަމަށެވެ. 

ރާއްޖޭގެ ޑޮކްޓަރުންވެސް އަދި ނަރުހުންވެސް އަދި އެހެން ޞިއްޙީ ޚިދުމަތްތެރިންވެސް ކޮރޯނާ ބަލީގެ މީހުންނަސް ފަރުވާ ކުރަމުން އެގެންދަނީ އެމީހުންގެ އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން ތިބެއެވެ. އެކަމުގެ ހުރި ނުރައްކައުތެރިކަން އެންމެ ބޮޑަށް އެނގޭނީވެސް ޞިއްޙީ ޚިދުމަތްތެރިންނަށެވެ!  

އެކަން ފާހަގަ ކުރައްވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވެސް އިއްޔެ ވަނީ ޞިއްޙީ ޚިދުމަތްތެރިން ކުރަމުން އެގެންދާ ޚިދުމަތުގެ އަގު ވަޒަންކުރައްވައި ތަޢްރީފް ކުރައްވައިފައެވެ. އުންމީދަކީ އެމީހުންނަށް އަދާކުރެވޭ ޝުކުރަކީ އެމީހުންނަށް ފައިދާ ކުރާނެ ކަމަކަށް ވެގެން ދިއުމެވެ.

މިއަދު އޮންލައިން