ބައެއް ޑޮކްޓަރުން ކޮރޯނާގަ މަރުވީ ޚިދުމަތަށް ނުނުކުމެ މަޑުކުރެވެން އޮއްވައި އަމިއްލަ އަށް ނުކުމެ ޚިދުމަތްކުރުމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ބައެއް ޑޮކްޓަރުން ކޮރޯނާގަ މަރުވީ ޚިދުމަތަށް ނުނުކުމެ މަޑުކުރެވެން އޮއްވައި އަމިއްލަ އަށް ނުކުމެ ޚިދުމަތްކުރުމުން!

ކޮރޯނާ ވައިރަސް ޖެހިގެން މިހައިތަނަށް ދުނިޔޭގެ ކަންކޮޅުތަކުގައި މަރުވި ޑޮކްޓަރުންގެ ތަފްޞީލްތަކަށް ބަލާއިރު ބައެއް ޑޮކްޓަރުން ޚިދުމަތަށް ނުކުމެފައިވަނީ ނުނުކުމެ ގޭގައި މަޑުކުރެވެން އޮއްވައެވެ. ނުނުކުމެ މަޑުކުރެވެން އޮތް ފުރުޞަތު އަމިއްލައަށް ދޫކޮށްލައިފައެވެ. ދޫކޮށްލައިފައެވެ. 

ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައިވެސް ޑޮކްޓަރުންނާއި ނަރުހުންނާއި ޞިއްޙީ ޚިދުމަތްތެރިން ކުރަމުން ގެންދާ ޚިދުމަތުގެ އަގު ދަނީ ވަރަށް ބޮޑަށް ވަޒަންކުރެވެމުންނެވެ. މީސްތަކުންގެ ހިތްތަކުގައި ޞިއްޙީ ޚިދުމަތްތެރިންނަށް ވަނީ އިންތިހާއަށް ލޯބި އިތުރުވެފައެވެ. 

އިމާމް މުފްތީ މެންކް ވިދާޅުވެފައިވެއެވެ.: "މުޅި ދުނިޔެއަށް ފެތުރެމުން މިދާ ވަބާ އާއި ގުޅިގެން އަމިއްލަ ފުރާއަށް ބިރެއް ނެތި ދުނިޔޭގެ ކަންކޮޅުތަކުގައި ޚިދުމަތްކުރަމުން ގެންދާ ޚިދުމަތްތެރިން ކުރަމުން އެގެންދާ ޚިދުމަތްތަކަށް ޝުކުރު އަދާކުރަން ބޭނުން ކުރާނެ ބަހެއް ދުލަކު ނެތެވެ." 

މިހާރުވެސް ބައެއް ޑޮކްޓަރުންނާއި ބައެއް ޚިދުމަތްތެރިން ދުނިޔެ ދޫކޮށްފައި އެވަނީ އެއްވެސް އަރާމެއް ނެތި ދިގުލައި މަސައްކަތްކުރުމުގެ ސަބަބުންނެވެ. ތަފާތު ޞިއްހީ ދާއިރާތަކުގައި މަސައްކަތްކޮށް ޚިދުމަތް ފޯރުކޮށްދެމުން ގެންދާ ހުރިހާ ޚިދުމަތްތެރިން ކުރަމުން އެގެންދާ ޚިދުމަތްތަކުގެ އަގު މިއަދު ދުނިޔޭގެ ރައްޔިތުން އެގެންދަނީ ވަޒަންކުރަމުންނެވެ. ތަޢްރީފްކުރަމުންނެވެ. 

ބަލިމީހާގެ ލޮލަށް ފެންނަނީ ފަރުވާދޭން އަންނަ ޑޮޓަރާއި ޑޮކްޓަރުގެ ޓީމާއި އަދި ޑިޔުތީކުރާ ނަރުހުން ނަމަވެސް ފަރުވާ ފަރުވާއެއްގެ ގޮތުގައި ފުރިހަމަކަމާއިއެކު ދެމުން އެ ގެންދެވެނީ ފަރުދާގެ ފުރަގަހުގައި ތިބެ ވަރަށް ގިނަ ބައަކު ކުރާ ވަރަށް ބުރަ މިންނަތް މަސައްކަތުންނެވެ. 

ތަކުރާރުކޮށްލަމެވެ! "މުޅި ދުނިޔެއަށް ފެތުރެމުން މިދާ ވަބާ އާއި ގުޅިގެން އަމިއްލަ ފުރާއަށް ބިރެއް ނެތި ދުނިޔޭގެ ކަންކޮޅުތަކުގައި ޚިދުމަތްކުރަމުން ގެންދާ ޚިދުމަތްތެރިން ކުރަމުން އެގެންދާ ޚިދުމަތްތަކަށް ޝުކުރު އަދާކުރަން ބޭނުން ކުރާނެ ބަހެއް ދުލަކު ނެތެވެ."

 

މިއަދު އޮންލައިން