އަހަރުމެން އިޓަލީ އަށް އައިސް ބެލިއިރު، މިތަނަކީ ވަރަށް ބޮޑަށް ވައިރަސްގެ އަސަރު ކޮށްފައިވާތަނެއްކަން ހާމަވެއެވެ.
އެހެން ނަމަވެސް އަޖައިބުވަނީ މިތާ މީހުންގެ ވިސްނުން ހުރީ ކޮން ގޮތަކަށްހެއްޔެވެ؟ މީހުން މަގުމަތީގައި ހިނގާ ބިގާ އުޅެނީއެވެ. ހޮޓާތަކުގައި އެއްވަނީއެވެ. އިރުޝާދު ތަކަށް ތަބަޢަނުވެއެވެ. ސަމާލުކަމެއްނުދެއެވެ. ޕަބްލިކް ޓްރާންސްޕޯޓްވެސް ކުރިއަށް ދެއެވެ. މީހުން ފަރުވާތެރިއެއްނުވެއެވެ.
އަސްލުގައި މި ހުރިހާކަމެއް ހުއްޓެންޖެހެއެވެ. ވިޔަފާރީއާއި އިޤުތިޞާދީ ފައިދާ ހޯދަން އުޅުން މިވަގުތު ހުއްޓެންޖެހެއެވެ. އެއްވުންތަކާއި ގައިގޯޅިވުން ވީހާވެސް ބޮޑަށް ހުއްޓެން ޖެހެއެވެ. އަނެކާ ޙިމާޔަތްކުރަން ޤުރުބާނީވާން ތައްޔާރަށް ތިބެންހެއެވެ. ފުރާނައަކީ އެންމެ އަގުހުރި އެއްޗެވެ. އެންމެން ގޭގައި މަޑުކުރަންޖެހެއެވެ.
ޗައިނާގެ ވޫހާން އަކީ އެންމެ ބޮޑަށް ވައިރަސްގެ އަސަރު ކުރި ސިޓީއެވެ. އަހަރުމެން ކުރި ކަމަކީ އެކަން ކޮންޓްރޯލް ކުރުމަށްޓަކައި ގާތްގަނޑަކަށް މަހެއް ވަންދެން މުޅި ސިޓީ ހުއްޓުވައި ލޮކްޑައުން ކުރީއެވެ. ނަތީޖާއަކީ ބަލިޖެހޭ މީހުން މަދުވެ، އަދި އެޑްމިޓްކުރެވުނު މީހުންނަށް ފަރުވާދިނުމަށް ވަގުތު ލިބުމެވެ. ގިނަ ދުވަސްތަކެއް ނުވެ ބަލި ކޮންޓްރޯލް ކުރެވުނެވެ.
(ޗައިނާއިން އިޓަލީ އަށް ދިޔަ މެޑިކަލްޓީމުގައި ހިމެނޭ ޗައިނާ ރެޑް ކްރޮސް ގެ ރައީސް ސަން ޝޫބިންގެ ނިއުސްކޮންފަރެންސް.)
ޔަޤޫލުލް މުތަރުޖިމު: މިއީ ނިއުސްކޮންފަރެންސްގެ ޢަރަބި ތަރުޖަމާގެ މާނައެވެ. މުނާސަބު ވާހަކަކޮޅެއްވީމާ ނަޤުލުކޮށްލީއެވެ.
--ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު