ގިނަ އަދަދެއްގެ މުސްލިމުން މަރުވެދާނެ ކަމުގެ ބިރު އެބައޮތް! ގިނަ ބައަކު ވަޅުލެވޭނެ ގޮތަށް ތައްޔާރުވެ ތިބުން މުހިންމު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ގިނަ އަދަދެއްގެ މުސްލިމުން މަރުވެދާނެ ކަމުގެ ބިރު އެބައޮތް! ގިނަ ބައަކު ވަޅުލެވޭނެ ގޮތަށް ތައްޔާރުވެ ތިބުން މުހިންމު!: މުފްތީ މެންކް

"ކޮރޯނާ ވައިރަސްގެ ޙާލަތު ގޯހުން ގޯހަށް ހިނގައްޖެ. އެހެންވީމާ މިވާހަކަތައް މިދައްކަނީ މިކަމާއި ގުޅިގެން އަހަރެން ޢަމަލުކުރި ގޮތް ކިޔައިދޭން."

"ރަމަޟާން މަސް އައުމުގެ ކުރިން އަހަރެމެން ލޯބިވާ ގިނަ ބައަކު ދުނިޔެ ދޫކުރަންޖެހިދާނެ ކަމުގެ ބިރު އެބައޮތް. ޖަނާޒާތައް އިންތިޒާމުކުރާ ފަރާތްތަކަށް އަހަރެންގެ އިލްތިމާސަކީ ވަރަށް ބޮޑަށް ތައްޔާރުވުން. އެތައް ސަތޭކަ ބައަކު ވަޅުލަން ޖެހިދާނެ ކަމަށް ބަލައި. އަހަރެން މި ވާހަކަ ދައްކަނީ ވަރަށް ފުޅާ ދާއިރާއެއްގަ ވަރަށް ގިނަ މައުލޫމާތު ހޯދައިގެން. ކޮރޯނާ ވައިރަސް ޖެހިފައިވާ އަހަރެން ދަންނަ މީހުންނާ ވެސް މިގެންދަނީ ވާހަކަ ދައްކަމުން. ދުނިޔޭގެ ޤައުމުތަކަށް ބަލި ފެތުރެމުންދާ މިންވަރު މިގެންދަނީ ވަރަށް ގާތުން ބަލަމުން."

"ދުނިޔެއަށް މިދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުން ބޮޑެތި ބަދަލުތަކެއް އަންނާނެ. ކަންކަމާއިމެދު ދެކޭ ގޮތް ބަދަލުވެގެންދާނެ."

---މުފްތީ މެންކްގެ އިލްތިމާސެއް!

މިއަދު އޮންލައިން