ސައުދީން އެހީގެ ގޮތުގަ ދޭ ފަންސާސް މިލިއަން ޑޮލަރު ވަރަށް އަވަހަށް ލިބޭނެ!: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ސައުދީން އެހީގެ ގޮތުގަ ދޭ ފަންސާސް މިލިއަން ޑޮލަރު ވަރަށް އަވަހަށް ލިބޭނެ!: ރައީސް ޞާލިޙް

ސައުދިޢަރަބިޔާއިން އެހީގެ ގޮތުގަ ދޭން ނިންމާފައިވާ 50 މިލިއަން ޑޮލަރު ވަރަށް އަވަހަށް ލިބޭނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ހާލަތު ކުރިމަތިވެ ދަތުރުފަތުރުކުރުން ހުއްޓިގެން ދިއައީ ލޯނު އެއްބަސްވުމުގައި ސޮއިކުރައްވަން ޚާރިޖީވަޒީރު ފުރާވަޑައިގަންނަވަން އޮތް ދުވަހު ކަމަށެވެ. 

މީގެ އިތުރުން ރައީސް ވިދާޅުވީ ޗައިނާގެ އެހީތެރިކަން ވަރަށް އަވަހަށް ލިބޭނެ ކަމަށާއި ލިބުން ލަސްވަނީ ދަތުރުފަތުރުކުރުމުގެ ދަތިކަން ހުރުމުން ކަމަށެވެ. އަދި އިމަރޖެންސީ ވެއްޖެ ނަމަ ފްލައިޓުގަވެސް ގެނެސްދޭނެ ކަމަށް ޔަޤީންކުރައްވާ ކަމަށެވެ.

 

މިއަދު އޮންލައިން