ޑޮލަރު ނުލިބިގެން ތަކެތީގެ އަގު ބޮޑުވިއަ ނުދޭން ކުރެވެން ހުރި ކަންކަން މިގެންދަނީ ކުރަމުން!: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ޑޮލަރު ނުލިބިގެން ތަކެތީގެ އަގު ބޮޑުވިއަ ނުދޭން ކުރެވެން ހުރި ކަންކަން މިގެންދަނީ ކުރަމުން!: ރައީސް ޞާލިޙް

ޑޮލަރު ނުލިބިގެން ތަކެތީގެ އަގު ބޮޑުވިއަ ނުދޭން ކުރެވެން ހުރި ކަންކަން މިގެންދަވަނީ ކުރައްވަމުން ކަމަސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ޑޮލަރުގެ އަގު 16.70 އަށް އުފުލުނު ކަމުގެ މައުލޫމާތު ލިބިވަޑައިގެންނެވި ކަމަށާއި ހަމަ އެދުވަހު އެމްއެމްއޭގެ ގަވަރުނަރާއި ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވެވި ކަމަށެވެ. 

އެގޮތުން ކުރެއްވެވި މަޝްވަރާގެދަށުން ޑޮލަރު މިހާރު ގެންދަނީ އިތުރަށް ދޫކުރަމުން ކަމަށާއި ބޭރުގައި މުދާ މިވަގުތު އަގު ހެޔޮވެފައިވުމާއި ދޫކުރާ ޑޮލަރުގެ އަދަދު އިތުރުވެފައިވުމުން ޑޮލައރު ނުލިބިގެން މުދަލުގެ އަގު އުފެލެން ޖެހޭނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ. 

ރައީސް ޞާލިޙް ވަނީ ލޯނު ނުނަގާ ވިޔަފާރިކުރާ ފަރާތްތަކުންވެސް އެހީގެ ޕެކޭޖަސް ކުރިމަތިލުމަސް އެދިވަޑައިގެންފައެވެ. "މިވަގުތު ބޮޑަށް ރަނގަޅުވާނީ އެހީގެ ޕެކޭޖް ހޯދައި ވިޔަފާރިތައް ނަގަހައްޓަން މަސައްކަތްކުރުން" ކަމަށްވެް އެމަނިކުފާނު ވިދާޅުވިއެވެ.

 

މިއަދު އޮންލައިން