ސަރުކާރުން ދޭ ޕެކޭޖުގެދަށުން ރިޒޯޓުތަކުގެ މުވައްޒިފުންގެ މުސާރަ ދެވޭނެ!: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ސަރުކާރުން ދޭ ޕެކޭޖުގެދަށުން ރިޒޯޓުތަކުގެ މުވައްޒިފުންގެ މުސާރަ ދެވޭނެ!: ރައީސް ޞާލިޙް

ކޮރޯނާ ވައިރަސްގެ ޙާލަތުން އަރައިގަތުމަށް ސަރުކާރުން ރިޒޯޓުތަކަށް ދޫކުރާ އެހީގެ ޕެކޭޖުގެ ދަށުން މުވައްޒިފުންނަށް ހަމަ މުސާރަ ދެވޭވަރުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.  

ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން ރައީސް ޞާލިޙް މިއަދު ވިދާޅުވީ އެހީގެ ޕެކޭޖަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަންނަ ހަފްތާގައި ހުޅުވައިލައްވާނެ ކަމަށެވެ. 

ރައީސް ޞާލިޙް ވިދާޅުވީ އެމެރިކާ ފަދަ ބޮޑެތި އިޤްޠިޞާދުތައް ކޮރޯނާ ވައިރަސް އަށް ތައްޔާރު ނުވާ ކަމަށާއި އެކަމަށް ތައްޔާރުވެފައިވާ އެއްވެސް ޤައުމެއް ދުނިޔޭގައި ނެތް ކަމަށެވެ. ކޮންމެ ޤައުމަކަށްވެސް ވަނީ ބޮޑެތި ދަތިތައް ކުރިމަތިވެފައި ކަމަށާއި ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމަކަށް ކުރާނެ އަސަރު ބޮޑުވާނެ ކަމަށެވެ. ނަމަވެސް ބޭރު ފައިސާ އާއި އެހެން މައްސަލަތައް ހައްލުކުރަން މިހާރުވެސް މަސައްކަތްކުރެވެމުން އަންނަ ކަމަށެވެ. 

ކޮވިޑް އިން އަރައިގަތުމަށް ވޯލްޑް ބޭންކުން މިހާރުވެސް 10 މިލިއަން ޑޮލަރު ދީފައިވާ ކަމަށާއި އެކުވެރި ޤައުމުތަކުގެ އެހީތެރިކަންވެސް ލިބެމުން އަންނަ ކަމަށް ވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން