ރާއްޖޭގެ ހުރިހާ ބޭންކްތަކުން ވެސް އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި ސްޓޫޑަންޓް ލޯނު ދެއްކުމާއި ބީއެމްއެލްގެ ލޯނުތައް ދެއްކުން 6 މަހަށް ފަސްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙްގެ ވާހަކަފުޅުން:
ބޭންކް އޮފް މޯލްޑިވްސް އިން މިހާތަނަށް ދޫކޮށްފައި ހުރި ލޯނުތައް، އަނބުރާ ދެއްކުން 6 މަސްދުވަހަށް ލަސްކޮށްދިނުމަށާއި، ލޯނު އަނބުރާ ދެއްކުމުގެ މުއްދަތަށް 6 މަސްދުވަސް އިތުރުކޮށްދޭން އެބޭންކުން ވަނީ ނިންމާފަ.
ރިސޯޓުތަކާ، ގެސްޓް ހައުސްތަކާ އަދި އެނޫން ވިޔަފާރިތަކަށް، ބީ.އެމް.އެލްގެ އަމިއްލަ ފައިސާ އިން 308 މިލިއަން ރުފިޔާ ދޫކުރުމަށް އެ ބޭންކުންވަނީ ނިންމާފައި.
ފުރަތަމަ 6 މަސް ދުވަހަށް ފަހު، ލޯނަށް ފައިސާ ދައްކަން ފަށާއިރު، މަހުން މަހަށް ދައްކަންޖެހޭ ފައިސާ، އިތުރު 6 މަސް ދުވަހަށް، 20 އިންސައްތައިން ކުޑަކޮށްދިނުމަށް ވެސް ބޭންކުން ވަނީ ނިންމާފައި.