ޔޫއޭއީ ގައި ދިވެއްސަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެއްޖެ!

ކިޔުމަށް ހޭދަވާނީ 2މ 17ސ
ޔޫއޭއީ ގައި ދިވެއްސަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެއްޖެ!

ދުބާއީ: ޔޫއޭއީގައި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް 50 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި އޭގެ ތެރޭގައި ދިވެއްސެއް ވެސް ހިމެނޭ ކަމަށް އެޤައުމުގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕްރިވެންޝަނުން ހާމަ ކޮށްފިއެވެ.

ޔޫއޭއީން ކޮވިޑް-19 ޖެހުނު ހަތަރު މީހަކު ރަނގަޅު ވެފައިވާކަން ވެސް ހާމަކުރަމުން، ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަލަށް ދުބާއީ/ޔޫއޭއީ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުން ފެނިފައިވަނީ އެބަލި ޖެހިފައިވާ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވީ ބައެއް މީހުންނާއި އެހެން ޤައުމުތަކުން އެޤައުމަށް ދަތުރުކޮށްފައިވާ ބައެއް މީހުން ކަމަށެވެ. މިއަދަދުތަކާއިއެކު މިހާރު ޔޫއޭއީ ގައި މިވަގުތު ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 248 އަށް އަރާފައިވެއެވެ.

ޔޫއޭއީން މިބައްޔަށް އަލަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ރާއްޖޭ މީހަކާއި، ޝްރީ ލަންކާ މީހަކާއި، ދެކުނު ކޮރިއާގެ މީހަކާއި، ދެކުނު އެފްރިކާގެ މީހަކާއި، ތުނީޝިޔާގެ މީހަކާއި، އިނގިރޭސިވިލާތުގެ މީހަކާއި، ޔަމަނުގެ މީހަކާއި ބެލްޖިއަމްގެ މީހަކާއި، ބަލްގޭރިއާގެ މީހަކާއި ފްރާންސްގެ މީހަކާއި، ޗެކް ރިޕަބްލިކްގެ މީހަކާއި، އޮސްޓްރޭލިއާގެ މީހަކާއި، ލެބަނަންގެ މީހަކާއި، ކެންޔާގެ މީހަކާއި، ސޫދާންގެ މީހަކާއި، އީރާންގެ މީހަކާއި އަޔަރލޭންޑްގެ މީހަކާއި މޮރޮކޯގެ މީހަކާއި ޕާކިސްތާނު މީހެއްގެ އިތުރުން ސްވިޑަންގެ މީހެކެވެ. މީގެއިތުރުން އިޓަލީގެ ދެ މީހަކާއި، ސްޕެއިނުގެ ދެ މީހުން، މިސްރުގެ ދެމީހަކާއި، ޔޫއޭއީގެ ދެ މީހުންނާއި ނެދަލޭންޑްސްގެ ދެ މީހެއްގެ އިތުރުން ޖޯޑަންގެ ދެމީހުންނާއި ފިލިޕިންސްގެ ދެ މީހުން ވެސް ހިމެނެއެވެ. 

އެމީހުންގެ އިތުރުން އެމެރިކާގެ ތިން މީހުންނާއި، ބަންގްލަދޭޝްގެ ތިން މީހުން އަދި ފަލަސްތީނުގެ ތިން މީހުން ވެސް ހިމެނެއެވެ. އަދި އިންޑިއާގެ ހަ މީހަކު ވެސް ޔޫއޭއީގައި ކޮވިޑް-9 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ. 

މިއެންމެންނަށްވެސް މިވަގުތު އަންނަނީ ފަރުވާ ދެމުންކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

މިބަލިން މިއަދު އެޤައުމުން ރަނގަޅުވީ ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ ތިން ޕާކިސްތާނު މީހުންނާއި ބަންގްލަދޭޝްގެ ރައްޔިތެކެވެ. މިއަދަދާއިއެކު އެޤައުމުން ރަނގަޅުވީ މީހުންގެ އަދަދު މިހާރު 45 އަށް އަރައިފިއެވެ.

ޔޫއޭއިން ދިވެއްސަކު ކޮވިޑު-19އަށް ޕޮޒިޓިވްވިކަން ހާމަކޮށްފައިވާ އިރު މިހާތަނަށް މިކަމާއި ގުޅޭ ގޮތުން ސަރުކާރުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވެއެވެ. 

 

ޚަބަރާއި ގުޅުންހުރި ލިންކް:

https://gulfnews.com/uae/health/covid-19-uae-announces-50-new-coronavirus-cases-four-recoveries-1.1585064588387?fbclid=IwAR2GzNuREbtN44-hi_x0B0_UolwDQ7i4iZZcYuA67lqibKPQgi9Gu9_s-7k

 

މިއަދު އޮންލައިން