ﷲގެ ޙުކުމްފުޅުތައް ތަންފީޒުކުރުމުން ދުނިޔޭގެ ކޯޓުތަކުގަ ވަކާލާތުކުރާ މީހުން ކޮރޯނާވައިރަސް ގޮވައިގެން ކޯޓުތަކަށް ނުދަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ﷲގެ ޙުކުމްފުޅުތައް ތަންފީޒުކުރުމުން ދުނިޔޭގެ ކޯޓުތަކުގަ ވަކާލާތުކުރާ މީހުން ކޮރޯނާވައިރަސް ގޮވައިގެން ކޯޓުތަކަށް ނުދަނީ ކީއްވެ؟

ދުނިޔޭގައި ގިނައީ އެމީހަކު ބޭނުންވާހައި ގޮތަކަށް އުޅުމުގެ މިނިވަންކަން ލިބިފައި އޮތުމަކީ އިންސާނީ ޙައްޤެއް ކަމަށް ބުނެ ވަކާލާތުކުރާ މީހުންނެވެ. އެފަދައިން ބުނާ ގިނަ ބައަކު ދުނިޔޭގެ މަޝްހޫރު ބީޗްތަކުގަ އާއި އެނޫންވެސް ތަންތަނުގައި އުޅެމުން ގެންދިއައީ އެމީހަކު އުޅެން ބޭނުންވި ގޮތަކަށެވެ. ކުރަމުން ގެންދިއައީ އެމީހަކު ކުރަން ބޭނުންވި ކަމެކެވެ.

ކުއްލިއަކަށް މިފެނުނީ ކޮރޯނާ ވައިރަސް ކިޔާ ލޮލަށްވެސް ނުފެންނަ ވަރުގެ ކުޑަކުޑަ ވައިރަސްއެއް އައިސް އެގޮތަށް ބުނާ މީހުންގެ ޙައްޤުތައް ހުއްޓުވިތަނެވެ. ބީޗްތަކާއި ސަރަހައްދުތައް ފަޅުކޮށްލުވި ތަނެވެ!

އަދި ކީއްތޯއެވެ! ވަކާލާތުކުރުމުގައި އިސްކޮށް ތިބި އެންމެންގެ މިނިވަންކަންވެސް ނަގާލައިފިއެވެ. ގޭގައި ބަންދުވެސް ކުރުވައިފިއެވެ. ކޯޓުއަމުރަކާއިވެސް ނުލައެވެ. ފުލުހުންނާއިވެސް ނުލައެވެ! ހިތާމައަކީ މާދަމާވެސް ގެއިން ނުކުމެވޭއިރަށް ޙައްޤުތައކުގެ އަޑުއުފުލަމުން ދުވާނެ ކަމެވެ!

އިންސާނުން ކުރަމުންދާ ކަންކަން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. ދައްކާ ވާހަކަތައް ވެސް އަޑުއައްސަވައިވޮޑިގެންވެއެވެ! ހަމަކުޑަކުޑަ ވާންކޮށްލެއްވެވުމެއް ކުރިމަތިކުރެއްވެވުމުން މިވަނީ އިންސާނުންނަށް އެމީހުންގެ ސައިޒު ފެނިފައެވެ!

ﷲ ތަޢާލާގެ ޙުކުމްފުޅުތަކައް ތަންފީޒުކުރާތީ އިންސާނީ ޙައްޤުތައް ގެއްލިގެން ދުނިޔޭގެ ކޯޓުތަކުގައާއި ބައްދަލުވުންތަކުގައި ވަކާލާތުކުރާ މީހުން މިއަދު ކޮރޯނާ ވައިރަސް ގޮވައިގެން ކޯޓުތަކަށް ނުގޮސް ގޭގައި ކުޑަކަކޫ ޖަހައިގެން ތިއަ ތިބީ ކީއްވެގެން ހެއްޔެވެ؟ އދގެ މަންދޫބުންތައް ކޮބައިހެއްޔެވެ؟

މިއަދު އޮންލައިން