ކޮރޯނާ ވައިރަސްއަކަށް ބޭހެއްވެސް އަދި ވެކްސިނެއްވެސް އަދި ނެތެވެ. ފަރުވާކުރަންޖެހެނީ އާންމު ރޯގާތަކުގެ ބޭހުންނެވެ. ފުއްޕާމޭގައި އިންފެކްޝަން އުފެދިއްޖެ ނަމަ މަރުވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންނަށެވެ. އަހަރެންގެ އުމުރަކީ 49 އަހަރެވެ!
ކޮރޯނާ ވައިރަސް އަކީ މީގެ ކުރިން ބައްދަލުވެފައިވާ ބަލިތަކާ ވަރަށް ތަފާތު ބައްޔެކެވެ! ވަރަށް ނުރައްކާތެރިކަން ބޮޑު ބައްޔެކެވެ. އަހަރެންވެސް މިއިނީ ގޭގައި ކަރްންޓީނުވެގެންނެވެ. އެންމެންވެސް ގޭގައި ކަރަންޓީނުވެގެން ތިބޭށެވެ! އަހަރެންގެ އާދޭހަކީ އެއީއެވެ.
ކިތަންމެ ކުޑަ ނަމަވެސް ލޮކްޑައުން"އަކީ ހުރިހާ ވިޔަފާރިތަކަށްވެސް ވަރަށް ބޮޑު ގެއްލުމެކެވެ. ކުދި ވިޔަފާރިތަކަށް ލިބޭ ގެއްލުން ވަކި ބޮޑުވާނެއެވެ. ދައުލަތަށް ލިބޭ އާމްދަނީ މަދުވެގެންދާނެއެވެ. އާމްދަނީ ނުލިބުނު ނަމަވެސް ދައުލަތުން ކުދި ވިޔަފާރިތަކަށް އެހީތެރި ނުވެއްޖެ ނަމަ މުޅި ޤައުމުގެ އިޤްޠިޞޯދު އިނދަޖެހިގެންދާނެއެވެ. ރައްޔިތުންނަށް ދާން ޖެހޭނީ ބަނޑަށް ޖެހުމާއި ދިމާއަށެވެ!
މިހާލަތުގައި އުފެއްދުންތެރިކަމުގެ ސިނާޢަތް ހުއްޓުމަކަށް އަންނާނެއެވެ. ތަކެތި އުފެއްދޭ މިންވަރު އިންތިހާއަށް މަދުވެގެންދާނެއެވެ. އިމްޕޯޓް އެކްސްޕޯޓްމަދުވެގެންދާނެއެވެ. އެކަންކަމުގެ ނޭދެވޭ އަސަރު އެންމެ މުއްސަނދި ޤައުމުތަކަށްވެސް ކުރާނެއެވެ.
ސަރުކާރަށް ލިބޭ އާންދަނީ މަދުވާނެއެވެ! އޮތީ ސަރުކާރުގެ ކަރަދުތައް ކުޑަކުރުމެވެ. އަދި ލިބޭ އާމްދަނީ މަދުވި ނަމަވެސް ރައްޔިތުންގެ އަތުން ނަގާ ޓެކްސްތައްވެސް ކުޑަކުރާށެވެ!
63 ޑޮލަރުގައި ހުރި ތެޔޮފީފާއެއްގެ އަގުން 50 އިންސައްތަ ހެޔޮވެއްޖެއެވެ. އެކަމުގެ ފައިދާ ހަމަ އެ މިންވަރުގައި ރައްޔިތުންނަށް ހިއްޞާކުރާށެވެ! ރައްޔިތުންނަށް ލުއިތައް ދޭށެވެ!
ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންގެ މުސާރަތައް ކުޑަވެގެންދާނެއެވެ. ވަޒީފާވެސް ގެއްލިދާނެއެވެ. ނަމަވެސް އެމީހުންނަކީވެސް ޢާއިލާއެއް ގޮވައިގެން ދިރިއުޅޭ ކާންބޯން ޖެހޭ ބައެއްކަން ހަނދާންކުރާށެވެ!
--ޑރ. މަހާތީރު މުޙައްމަދު /މެލޭސިޔާގެ ކުރީގެ ބޮޑުވަޒީރު