މަރުވަނީކަން އެނގުމުން އަމަލުކުރަން ޑރ. މުޙައްމަދި ވާޖިދް އަޚްތަރީ އެދިލައްވާ ގޮތް ވަރަށް ތަފާތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
މަރުވަނީކަން އެނގުމުން އަމަލުކުރަން ޑރ. މުޙައްމަދި ވާޖިދް އަޚްތަރީ އެދިލައްވާ ގޮތް ވަރަށް ތަފާތު!

އެއްދުވަހަކު އަހަރެންގެ ޑިޔުޓީގަ ހޮސްޕިޓަލަށް ގެނެވުނު އަންހެނެކެވެ. ސަލާމަތްކުރަން ކުރެވޭނެ އެއްވެސް ކަމެއް ނެތް ޙާލުގައެވެ. ޓެސްޓްތައް ހަދަން ޖެހުނީވެސް ވަގުތުންނެވެ.

އޭނާއަށް ވާހަކައެއް ނުދެއްކެއެވެ. ލޭގެ ޓެސްޓެއް ހަދާފައި ރިޒަލްޓް ހިފައިގެން ގާތަށް ދިއުމުން އަހަރެންގެ ގަލަން ދިނުމަށް އިޝާރާތް ކުރިއެވެ. އަހަރެން ދިނީމެވެ. އޭނާ ލިޔުނީ ސުވާލެކެވެ. "އަހަރެން މިމަރުވަނީ ނޫން ހެއްޔެވެ؟" ޖަވާބު ދޭން ވަރަށް އުނދަގޫވިއެވެ. ނަމަވެސް ތެދުބަހުން "އަނއެކެވެ!" ބުނީމެވެ.

އޭނާގެ ލޮލުން ކަރުތައް އޮހިގެން ދިއައެވެ. އަހަރެންގެ ލޮލުންވެސް މެއެވެ. ޑޮކްޓަރުންގެ ކުރިމަތީގައި ޕޭޝަންޓުން މަރުވުމަކީ ޢާންމު ކަމެކެވެ. ނަމަވެސް ޕޭޝަންޓަކު މަރުވާ ވަގުތަކީ އެކަން ތަހައްމަލްކުރަން އެހައި ފަސޭހަ ވަގުތެއް ނޫނެވެ!

ކޮންމެއަކަސް އިސާހިތަކު ގުޅާފައި ހުރި މެޝިންތަކުން އަލާމް އަޅަން ފެށިއެވެ. އޭނާގެ ހާސްކަން އިތުރުވެގެންދިއައެވެ. ތަދު އިތުރުވެގެންދިއައެވެ. އިރުކޮޅެއް ފަހުން އޭނާ މިދުނިޔެ ދޫކޮށްފިއެވެ.

އަހަރެންގެ ނަޞޭޙަތަކީ ބޮޑެތި ބަލިތަކުގައި އުޅޭ ބަލިމީހުން އެމަރުވަނީކަން ޔަޤީންކުރެވޭނަމަ ތެލިފޮޅިގަނެގެން ހޮސްޕުޓަލަށް ނުގެންދިއުމެވެ. އޭނާގެ ލޯބިވާ މީހުންގެ ގާތުގައި އޮވެ މަރުވުމެވެ. މަރުމަތީގައި ޝަހާދަތް ލައިދޭން ފަސޭހަވާނީވެސް އެއިރުންނެވެ. މަރުވުމަށް ސަމާލުކަން ދިނުން އިތުރުކުރެވޭނީ ވެސް އެއިރުންނެވެ.

އަހަރެންގެ ނަޞޭޙަތަކީ އެންމެންވެސް މަރަށް ތައްޔާރުވެގެން ތިބުމެވެ. މަރުވާނެކަން އެއީ އެއީ ހަމަ ކޮންމެ މީހަކަށްވެސް ޔަޤީން ކަމެކެވެ. ތިމާ މި މަރުވަނީކަން އެނގުމަކީ މީހަކަށް މިންވަރު ކުރައްވަވާނެ އެންމެ ބޮޑު ނަޞީބެވެ. އެވަގުތުގެ ބޭނުން ހިފަންވާނީ ރުއިމަށާއި ވަޞިއްޔަތް ކުރުމަކަށް ނޫނެވެ. އެވަގުތުގެ ބޭނުން ހިފަންވާނީ ޝަހާދަތް ކިޔައި އީމާންތެރިއެއްގެ ގޮތުގައި މަރު ގެންދެވުން އެދި ދުޢާކުރުމަށެވެ. ނަމަވެސް އެގޮތަށް އެކަން ކުރެވޭނީ އެމީހެއްގެ ކިބައިގައި ތަޤްވާވެރިކަން އެވަރަށް ހުރިނަމައެވެ.

މަރަށް ތައްޔާރުވެގެން އަބަދުވެސް ހުރުމުގެ މުހިންމުކަމުގެ ވާހަކަތައް އެވަރަށް ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވަނީ މިފަދަ މުހިންމު ސަބަބުތަކަށްޓަކައެވެ. ވީމާ މަރަށް ތައްޔާރުވެ ތިބުމަށް ކީރިތި ޤުރްއާނުގައި ހުރި އާޔަތްތަކާއި ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުތައް ރަނގަޅަށް ދަސްކުރާށެވެ! އަދި އެއަށް ޢަމަލުކުރަމުންވެސް ގެންދާށެވެ! އެއިރުން މަރުވުމުގެ ވަގުތުގައި ހާސްވެ ތެޅިފޮޅޭކަށް ނުޖެހޭނެއެވެ.

--ޑރ. މުޙައްމަދި ވާޖިދް އަޚްތަރީ

މިއަދު އޮންލައިން