ނަތީޖާ ނެގަޓިވްވީ ދެމީހުންގެ ގެ، ލޮކްޑައުން އިން ނަގައިފި!

ކިޔުމަށް ހޭދަވާނީ 1މ 8ސ
ނަތީޖާ ނެގަޓިވްވީ ދެމީހުންގެ ގެ، ލޮކްޑައުން އިން ނަގައިފި!

މެންޗެސްޓާ ޔުނައޓެޑްގެ ކުރީގެ ފުޓުބޯޅާ ކުޅުންތެރިޔާ މާރުއާން ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓްވެގެން އެކަހެރިކޮށް، ކޮރޯނާ ވައިރަސް ނުވަތަ  ކޮވިޑް-19އަށް ޓެސްޓްކުރި ދެ ދިވެއްސަކު ނެގެޓިވްވެފައިވާތީ މާލޭގައި އެ ދެ މީހުން ދިރިއުޅޭ ގެ ލޮކްޑައުންއިން ނެގުމަށް ސަރުކާރުން ނިންމައިފި އެވެ.

ކޮވިޑް-19އާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތު ދެއްވާ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވީ މާލޭގައި ލޮކްޑައުންކުރި ދެ ގެއަކީ ފެލައިނީއާ ކޮންޓެކްޓްވެގެން ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔަ ދެ ދިވެހިން ދިރިއުޅޭ ގެ ކަމަށާއި އެ ދެ މީހުންގެ ނަތީޖާ މިރޭ ލިބިފައިވާއިރު ދެ މީހުން ވެސް ކޮވިޑް-19 އަށް ނެގެޓިވް ކަމަށެވެ.

އެހެންކަމުން، އެ ދެ ގެއަށް އަލުން މީހުން ވަދެ ނުކުމެ އުޅެވޭ ގޮތަށް ހުއްދަ ދިނުމުގެ ކަންކަން މިހާރު ކުރަމުންދާ ކަމަށް މަބުރޫކު ވިދާޅުވި އެވެ. ނަމަވެސް އަދިވެސް އެ ދެ މީހުން ތިބީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި އެކަހެރިކޮށްފަ އެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކޮށް ދުބާއީ މަގުން ޗައިނާއަށް ދިޔަ ފަހުން ފެލައިނީ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެހެންވެ ރައްކާތެރިވުމުގެ ގޮތުން އޭނާއާ ކޮންޓެކްޓްވި މީހުންގެ ސާމްޕަލްތައް ޓެސްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ

މިއަދު އޮންލައިން