އިތުރު 2 މީހަކު ނެގަޓިވްވެ ކޮރޯނާއަށް ފަރުވާ ދޭ މީހުންގެ އަދަދު 8 އަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
އިތުރު 2 މީހަކު ނެގަޓިވްވެ ކޮރޯނާއަށް ފަރުވާ ދޭ މީހުންގެ އަދަދު 8 އަށް!

ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން އިތުރު 2 މީހަކު ނެގަޓިވްވެ ކޮރޯނާއަށް ފަރުވާ ދޭ މީހުންގެ އަދަދު 8 އަށް މަދުވެއްޖެއެވެ. މީގެ ކުރިން ވަނީ 3 މީހަކު ނެގަޓިވް ވެފައެވެ. ވީމާ 13 މީހުންގެ ތެރެއިން 5 މީހުން މިހާރު ވަނީ ނެގަޓިވްވެފައެވެ. 

ޑޮކްޓަރުން މިއަދުވެސް ވިދާޅުވީ 5 މީހުން ނެގަޓިވް ވުމަކީ ފަރުވާ ކުޑަކުރަން ޖެހޭ ސަބަބެއް ނޫން ކަމަށާއި ޕޮޒިޓިވްވާ މީހަކަށް 3، 5 މީހުން ޓްރޭސް ނުކުރެވި ތިބޭ ކަމަށެވެ. 

އެމެރިކާގެ ސައިންސްވެރިން އެންމެފަހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޕޮޒިޓިވްވާ ކޮންމެ މީހަކަށް 5 މީހުންނާއި 10 މީހުންނާއި ދެމެދުގެ އަދަދަކަށް ޓްރޭސް ނުކުރެވި ތިބޭ ކަމަށާއި ބަލި ފެތުރުމުގެ 80 އިންސައްތަ ވަރު ފެތުރިގެންދަނީ އެމީހުންގެ ސަބަބުން ކަމަށެވެ.

 

މިއަދު އޮންލައިން