ކޮރޯނާ ވައިރަސްގަ މަރުވުމުން ކެމިކަލުން ރެޕްކޮށް ހިނަވަން ބިރުން ތަޔައްމަމްކޮށްފަ ވަޅުލަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ކޮރޯނާ ވައިރަސްގަ މަރުވުމުން ކެމިކަލުން ރެޕްކޮށް ހިނަވަން ބިރުން ތަޔައްމަމްކޮށްފަ ވަޅުލަނީ!

ކޮރޯނާ ވައިރަސް ބަލީގައި ބައެއް ޤައުމުތަކުގައި މުސްލިމުން ހިނެވުމުގެ ބަދަލުގައި ޖަރާސީމު ބޭރުނުވާނެ ފަދަ އެއްޗަކުން ހަށިގަނޑު ރެޕްކުރުމަށްފަހު ކަފުންކޮށް ތަޔައްމަމް ކުރުމަށްފަހު ވަޅުލާތީ ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

މިކަމުގައި ބަސްބުނި އެކަކު ބުނެފައިވަނީ މަރުވުމުން ހިނެވުމާއި އަދި އަމަލުކުރާ އެހެންވެސް ގޮތަކީ މަރުވި މީހާ ޒިންމާވާން ޖެހޭ ކަންކަން ނޫން ކަމަށެވެ! ކައްވަޅުގައި އޭނާ އާއި ކުރެވޭ ސުވާލުތަކަށް ޖަވާބު ދެވުން ވަނީ ދުނިޔޭގައި އެމީހަކު އަމަލުކުރި ގޮތުގެ މައްޗަށް ކަމަށެވެ.

ބައެއް މީހުން ބުނެފައިވަނީ މިއީ ޢިބްރަތް ޙާޞީލުކުރަން ޖެހޭ ކަންކަން ކަމަށާއި ޝަހާދަތުގެ ދެކަލިމައަށް ޢަމަލުކުރުން މަތީގައި ދެމިހުންނަން ޖެހެނީ މިފަދަ ސަބަބުތަކަށްޓަކައި ކަމަށެވެ. އެއްވެސް މީހަކަށް އެމީހާ މަރުވާނެ ޙާލަތު ނުއެނގޭތީ ކަމަށެވެ.

މީހާ އެންމެ ފަހުން އުޅެމުން އައި ގޮތް ކަމަށް ﷲ ތަޢާލާ ބައްލަވައިވޮޑިގަންނަވާނީ އެމީހާ ބަލިވެ ޙާލުބޮޑުވިއިރު އުޅެމުންދިއަ ގޮތް ކަމަށް ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ.

"މައްޔިތާގެ ޙާލަތު ހުރި ގޮތުން ނުހިނެވޭނެނަމަ، ހަށިގަނޑުގައި އަތް އުނގުޅާ އަދި ފުރޮޅާ ހެދުމުގެ ބަދަލުގައި އޭނާގެ ގައަށް ފެން އަޅާލުމުން ފުދޭނެއެވެ. މިއިން އެއްވެސް ކަމެއް ކުރެވޭ ވަރަށް ވުރެ ޙާލަތު ގޯސްނަމަ، މައްޔިތާ ތަޔައްމުމް ކުރުވާނީއެވެ. ތަޔައްމުމްވެސް ކުރެވޭ ވަރު ނުވާނަމަ، އެއްވެސް ކަމެއް ނުކޮށް ވަޅުލާނީއެވެ." –ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ކޮރޯނާ ވައިރަސް ޖެހިގެން މަރުވާ މުސްލިމުން ހިނަވާ ކަފުންކޮށް، އަދި އެމީހުންގެ މައްޗަށް ކަށު ނަމާދުކޮށް، އަދި ވަޅުލަންވެސް ވާނެއެވެ. އެމީހަކު ހިނަވާ އަދި ފުރޮޅާ ހެދުމުގެ ސަބަބުން ހިނަވާ މީހުންނަށް (ޖަމާޢަތްތެރިންނަށް) ބަލި އަރާފާނެ ކަމުގެ ބިރު އޮތް ޙާލަތުގައި އެފަދަ ބަލިތަކުގެ މީހުންނަށް ފަރުވާ ކުރާ ޑރ އިން ލައިގެން ތިބޭ ކަހަލަ ހެދުމެއް ލެވިދާނެއެވެ.

މައްޔިތާގެ ޙާލަތު ހުރި ގޮތުން ނުހިނެވޭނެނަމަ، ހަށިގަނޑުގައި އަތް އުނގުޅާ އަދި ފުރޮޅާ ހެދުމުގެ ބަދަލުގައި އޭނާގެ ގަޔަށް ފެން އަޅާލުމުން ފުދޭނެއެވެ.

މިއިން އެއްވެސް ކަމެއް ކުރެވޭ ވަރަށް ވުރެ ޙާލަތު ގޯސްނަމަ، މައްޔިތާ ތަޔައްމުމް ކުރުވާނީއެވެ. ތަޔައްމުމްވެސް ކުރެވޭ ވަރު ނުވާނަމަ، އެއްވެސް ކަމެއް ނުކޮށް ވަޅުލާނީއެވެ.

ޖަނާޒާ ގައި ގިނަ ބަޔަކަށް ބައިވެރި ނުވެވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، މިފަދަ ޙާލަތުގައި ގަބޫލު ކުރަންވީ ކަމަކީ، ގިނަ ބަޔަކަށް ޖަނާޒާގައި ބައިވެރި ނުވެވުނީ މަގްބޫލު ޢުޛުރެއް އޮވެގެންކަން ﷲ ދެނެވޮޑިގެންވެއެވެ. އެހެންކަމުން މައްޔިތާ އަށް ހެޔޮ ދުޢާ ކޮށްދޭނީ އެވެ. ޖަނާޒާގައިވެސް މައްޔިތާ އަށް ހެޔޮ ދުޢާ ކޮށްދެނީއެވެ. ޖަނާޒާއިން ބޭރުގައިވެސް މައްޔިތާ އަށް ހެޔޮ ދުޢާކޮށްދޭށެވެ. އިންޝާﷲ އޭގެ ފައިދާ މައްޔިތާ އަށް ކުރާނެއެވެ.

މިއަދު އޮންލައިން