ކޮރޯނާ ވއިރަސް އާއި ގުޅިގެން ގޭގައި މަޑުކުރަން ޖެހޭ އެންމެ ބޮޑު ސަބަބަކީ ކޮރޯނާ ވައިރަސް ޖެހިފައި ނުވަނީ ކާކަށްކަން ނުއެނގޭތީއެވެ.
އޭނާއަށް ހުރީ ވައިރަސް އަރާފައެވެ. އެކަމެއް އޭނާއަކަށް ނޭނގެއެވެ. ބޭރަށް ނުކުމެ އުޅުމުގައި އޭނާ އާއި ބައްދަލުވީ 10 މީހުންނާއިއެވެ. އެ 10 މީހުން ކޮންމެ މީހަކު 10 މީހުންނާއި ބައްދަލުވުމުން އެހަމަވީ 100 މީހުންނެވެ. 100 މީހުން ކޮންމެ މީހަކު 10 މީހުންނާއި ބައްދަލުވުމުން އެ ހަމަވީ 1000 މީހުންނެވެ.
ކޮރޯނާ ވައިރަސް ފެތުރިގެން މިދަނީ މިފަދަ ގޮތަކަށެވެ. ވީމާ އެންމެ ރައްކައުތެރިކަން ބޮޑު ގޮތަކީ ހަމަ އެކަކާއިވެސް ބައްދަލު ނުކުރުމެވެ. ކޮރޯނާ ވައިރަސް ހުރި މީހަކާއި ބައްދަލުވެފައި ގޮސް ގެއަށް ވަނުމުން ގޭގެ އެންމެންނަށް އެބަ ފެތުރެއެވެ. އެންމެން އެބަ ޝިކާރައަކަށްވެއެވެ. ވީއިރު އެންމެ ލޯބިވާ އަނބިދަރިންނާއި މައިންބަފައިންނަށްވެސް މިހައި ނުރައްކާތެރިކަން ބޮޑު ކަމެއްގައި އެވަރުގެ ބޮޑު ރިސްކެއް ނަގަން ހެޔޮވެދާނެ ހެއްޔެވެ؟
ގެއިން ނުކުތުމުގެ ކުރިން މިހުރިހާ ކަންކަމަށް ފުންކޮށް ވިސްނައިލާށެވެ!