ފެލައިނީ އާއި ކޮންޓެކްޓުވި ދެ ދިވެއްސަކު ޓެސްޓު ކުރަނީ!

ކިޔުމަށް ހޭދަވާނީ 1މ 2ސ
ފެލައިނީ އާއި ކޮންޓެކްޓުވި ދެ ދިވެއްސަކު ޓެސްޓު ކުރަނީ!

ރާއްޖެއިން ދިޔަފަހުން ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ޕޮޒިޓިވްވި މަންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ފެލައިނީ އާއި ކޮންޓެކްޓުވި ދެ ދިވެއްސަކު ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާ މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވި 2 ދިވެއްސެއްގެ ފުށުން ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސާމްޕަލް ނަގައި ޓެސްޓް ކުރަމުންދާއިރު، މިހާރު މި 2 މީހުން ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސް އެކަހެރި ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ރާއްޖޭގައި ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން މި ބައްޔަށް ޝައްކުކުރެވޭ ޢަލާމާތްތައް ފެންނަ ހުރިހާ އެންމެން އެހެން މީހުންނާއި ވަކިން ބައިތިއްބައިގެން ޓެސްޓް ކުރުމުގެ މަސައްކަތް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ. އަދި އެފަދަ މީހެއްގެ ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތްވެސް ކަމާބެހޭ އެންމެހާ ފަރާތްތައް ގުޅިގެން އަންނަނީ ކުރަމުންނެވެ.

ކޯވިޑް-19އަށް ރާއްޖެއިން މިހާތަނަށް ޕޮސިޓިވްވި 13 މީހުންގެ ތެރެއިން 3 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ.

މިއަދު އޮންލައިން