ޣާޒާ އިން ވެސް މީހަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ޣާޒާ އިން ވެސް މީހަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެއްޖެ!

ހައްދުފަހަނައަޅާފައިވާ ޔަހޫދީން ހިޞޯރުކޮށްފައި އޮތުމުން ދުނިޔެއާއި ގުޅުން މުޅިން ކެނޑިފައިވާ ފަދަ ގޮތަކަށް މުޅި ޤައުމު ޖަލެއްގެ ގޮތުގައި އޮތް ފަލަސްޠީނުގެ ޣާޒާއިން ވެސް ކޮރޯނާ ވައިރަސް އަށް ޕޮޒިޓުވް މީހަކު މިއަދު ވަނީ ފެނިފައެވެ. 

ޑޮކްޓަރުން ގެންދަނީ މިއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަކުރަމުންނެވެ. އެއީ ޣާޒާ ސިޓީ އަކީ ވަރަށް ގިނަ ބައަކު ދިރިއުޅޭ އަދި ވަރަށް ބޮޑަށް ތޮއްޖެހިފައި އޮތް ސިޓީއަކަށްވުމުގެ އިތުރުން ޣާޒާގެ ހޮސްޕިޓަލްތައް މިހާރުވެސް ވަރަށް ބޮޑަށް ފުރިފައިވާތީއެވެ. އަދި ފަރުވާ ކުރެވޭނެ ފެސިލިޓީއާއި ބޭސް ނެތުމުގެ މައްސަލަތައް ކުރިމަތިވެފައިވުމެވެ. 

ޣާޒާއަށް އެހީގެ ތަކެތި ފޯރުކޮށްދިނުމަށް ހައްދިފަހަނައަޅާފައިވާ ޔަހޫދީން ގެންދަނީ ހުރަސް އަޅަމުންނެވެ.

މިއަދު އޮންލައިން