ކޮރޯނާ ވައިރަސް 2 ލައްކައިން 3 ލައްކައަށް ބަދަލުވާން ނެގީ އެންމެ ހަފްތާއެއް! މިއީ ނުރައްކާ ބޮޑުކަމެއް!: މަބްރޫކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ކޮރޯނާ ވައިރަސް 2 ލައްކައިން 3 ލައްކައަށް ބަދަލުވާން ނެގީ އެންމެ ހަފްތާއެއް! މިއީ ނުރައްކާ ބޮޑުކަމެއް!: މަބްރޫކް

ކޮރޯނާ ވައިރަސް ފެނި 1 ލައްކައަށް އަރަން 90 ދުވަސް ނެގި ކަމަށާއި 1 ލައްކައިން 2 ލައްކައަށް އަރަން ނެގީ 11 ދުވަސް ކަމަށާއި 2 ލައްކައިން 3 ލައްކައަށް އަރަން ނެގީ އެންމެ ހަފްތާއެއް ކަމަށާއި މިއީ ނުރައްކާ ބޮޑު ކަމެއް ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ. 

މަބްރޫކް މިމޭރުމުން ވިދާޅުވިއިރު ކޮރޯނާ ވައިރަސްއަށް މިހައިތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 307،200 އަށް އަރައިފައެވެ. 13000 މީހުން ވަނީ މަރުވެފައެވެ. 177 ޤައުމަކަށް ވަނީ ފެތުރިފައެވެ. 

އިޓަލީގައި އިއްޔެ އެކަނިވެސް 800 މީހުން މަރުވުމާއި ގުޅިގެން ހުރިހާ ވިޔަފާރިތަކެއް ވަނީ އެޕްރިލް މަހުގެ 3 ވަނަ ދުވަހާއި ހަމައަށް ބަންދުކޮށްފައެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ފިހާރަތަކަށާއި މާރުކޭޓަށް ގޮސް ތަކެތީގައި އަތްލައި އުޅުމުގައި އަމަލުކުރަންވީ ގޮތަށް މީހުން ހޭލުންތެރި ކުރުވުމަށާއި ބާޒާރުގައިވެސް މީހުން ތޮއްޖެހުން ހުއްޓުވަން ވަރަށް ގިނަ މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެކަންކަމަށް ކުރާ މަސައްކަތް އިތުރަށް ފުޅައުކުރެވިގެންދާނެ ކަމަށެވެ.

 

މިއަދު އޮންލައިން