3 މީހުން ރަނގަޅުވެ އިތުރު ޕޮޒިޓިވް މީހަކު އަދި ނުފެނުމަކީ ކޮންޓްރޯލް ކުރެވުނު ކަމުގެ ހެއްކެއް ނޫން! ސަމާލުކަން އިތުރުކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
3 މީހުން ރަނގަޅުވެ އިތުރު ޕޮޒިޓިވް މީހަކު އަދި ނުފެނުމަކީ ކޮންޓްރޯލް ކުރެވުނު ކަމުގެ ހެއްކެއް ނޫން! ސަމާލުކަން އިތުރުކުރޭ!

ކޮރޯނާ ވައިރަސްއަށް ރާއްޖެއިން ޕޮޒިޓިވް 13 މީހުންގެ ތެރެއިން 3 މީހަކު ރަނގަޅުވެ އަދި ޕޮޒިޓިވް އިތުރު މީހަކު އަދި ނުފެނި ވުމަކީ ޙާލަތު ކޮންޓްރޯލް ކުރެވުނު ކަމެއް ހެއްކެއް ނޫން ކަމަށާއި ސަމާލުކަން އިތުރުކުރަން އަލަމް ޖެހޭ ފިޔަވަޅުތައް އިތުރުކުރަން ޖެހޭ ކަމަށް ބުނެފިއެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ ބައެއް ޤައުމުތަކުގައި ޙާލަތު ރަނގަޅުވެލާފައި 2 މަސް ފަހުންވެސް ޙާލަތު ގޯސްވެގެން ގޮސްފައި އެބަހުރި ކަމަށެވެ. އެހެންކަމުން މިހާރުގެ ޙާލަތަށް ބަލައި ބަލި ފެތުރިދާނެ ކަންކަމަށް ދޭންޖެހޭ ސަމާލުކަމަށް ފަރުވާ ކުޑަ ނުކުރަން އިލްތިމާސްކުރައްވާ ކަމަށެވެ. 

"މިހާރު ކޮންމެވެސް ވަރަކަށް އެބަ އިޙްޞާޞް ކުރެވޭ ބަލި ކޮންޓްރޯލްވެއްޖެ ކަމަށް ބަލައި ބައެއް މީހުން މަގުމައްޗަށް ނުކުންނަން ފަށައިފި ކަމަށް. މަގުމަތީގަ މީހުން ގިނަވާކަމަށް އެބަ ފެނޭ. އެއްގޮތަކަށްވެސް އެގޮތަށް ނުބައްލަވާ! ގޭގަ މަޑުކޮށް ދެއްވާ!"

 

މިއަދު އޮންލައިން