ދެހާސް އެނދު މިހާރުވެސް ހަމަކުރެވިއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ދެހާސް އެނދު މިހާރުވެސް ހަމަކުރެވިއްޖެ!

ފަތުރުވެރިކަމުގެ ސިނާއަތުގެ ދީލަތި އެހީތެރިކަމާއިއެކު މިހާރު ވަނީ ކަރަންޓީނުގައި މީހުން ބައިތިއްބާނެ 1000 ކޮޓަރި ލިބި 2000 އެނދު ހަމަކުރެވިފައި ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.  

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އަމާޒަކީ 200 އައިސީޔޫ ބެޑާއި އައިސޮލޭޓްކޮށް ބެލެހެއްޓޭނެ 2000 އެނދު ހަމަޖެއްސުން ކަމަށާއި އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށެވެ.  

މަބްރޫކް ވިދާޅުވީ ސަރުކާރުން ޓިކެޓް ދީގެން ނޭޕާލުގައި ކިޔަވަން ތިބި 33 ޑޮކްޓަރުން މިހާރު ރާއްޖެ ގެނެވިފައިވާ ކަމަށާއި އަމިއްލައަށް ޓިކެޓް ނަގައިގެން 10 ޑޮކްޓަރަކު ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި ރާއްޖެ އައި ހުރިހާ ޑޮކްޓަރުންވެސް ކަރަންޓީނު ކުރެވޭނެ ކަމަށެވެ!

 

 

މިއަދު އޮންލައިން