ކޮރޯނާވައިރަހާއި ގުޅިގެން ހަފަތާއަކަށް ސަރުކާރު ބަންދުކޮށް އާންމުން ގޭގައި ތިބުމަށް އިރުޝާދުދެމުންދާ މި ދުވަސްތަކުގައި މާލޭ ސަރަހައްދުގައި ކަށުނަމާދު ކުރެވޭނީ އާސަހަރާ މިސްކިތާއި ހުޅުމާލޭ ސަހަރާ މިސްކިތުގައި ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ މިމުއްދަތުގައި މާލޭ ގައި ކަށުނަމާދު ކުރެވޭނީ އާ ސަހަރާ މިސްކިތާއި ހުޅުމާލޭ ސަހަރާ މިސްކިތުގައި ފަރުޟު ނަމާދުގެ ބަންގީގެ 30 މިނެޓު ފަހުން ކަމަށާއި އަދި ވީ އެންމެ އަވަހަކަށް ކަށުކަމާކެމީގެ ކަންތައް ނިންމުމަށް އެދޭ ކަމަށެވެ.
ކޮރޯނާވައިރަހާ ގުޅިގެން އިސްލާމިކް މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ނިންމާފައިވަނީ، މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މި މަހުގެ 28 ވާ ހޮނިހިރު ދުވަހާ ހަމަޔަށް ހުއްޓާލުމަށާއި އަދި ހުކުރު ނަމާދުވެސް އެ މުއްދަތު ނުކުރަން ވަނީ ނިންމައިފައެވެ.