ފަރުވާ ދޭންޖެހޭ އެންމެން ސަލާމަތް ކުރަން މަސައްކަތްކުރަން ބޭނުން!: ޑރ. މޫސާ ޙަސަން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ފަރުވާ ދޭންޖެހޭ އެންމެން ސަލާމަތް ކުރަން މަސައްކަތްކުރަން ބޭނުން!: ޑރ. މޫސާ ޙަސަން

އެއްވެސް ބަލިމީހަކު އިސްތިސްނާ ކުރުމެއްނެތި ކްރިޓިކަލް ކެޔާގެ ޙާލަތުގައި ފަރުވާދޭންޖެހޭ ހުރިހާ ބަލިމީހުންނަށް އެންމެ ފުރިހަމަ ފަރުވާ ދެއްވައި އެންމެންގެ ފުރާނަ ސަލާމަތްކުރަން މަސއްކަތްކުރައްވަން ބޭނުންފުޅުވާ ކަމަށް އައިޖީއެމްއެޗްގެ ސްޕަރސިލިސްޓް ޑޮކްޓަރ މޫސާ ޙުސައިން ވިދާޅުވެއްޖެއެވެ.

މިއަދު އައިޖީއެމްއެޗްގައި ބޭއްވި ބައްދަލުވުމުގައި ޑރ. މޫސާ ޙުސައިން ވިދާޅުވީ ރާއްޖޭގައި ކްރިޓިކަލް ކެޔާއަށް ބޭނުންވާ މައްސަލަތައް ޢާންމުގޮތެއްގައި އެހައިގިނަ ނޫން ނަމަވެސް ކޮރޯނާ ވައިރަސްގެ ޙާލަތު ކުރިމަތިވުމުން މިވަނީ އެހާލަތަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހިފައި ކަމަށެވެ.

ޑރ. މޫސާ ޙުސައިން ވިދާޅުވީ ޑޮކްޓަރުންނަށާއި ޞިއްހީ ޚިދުމަތްތެރިންނަށް ވަރަށް ބޮޑަށް ތަމްރީނު ބޭނުންވާ ކަމަށާއި މިހާރު ރާއްޖެވަޑައިގެން ތިއްބެވި ބޭރުގެ މާހިރުންގެ ކިބައިން ރަނގަޅު ތަމްރީނުތަކެއް ލިބުމަށް އުންމީދުކުރައްވާ ކަމަށެވެ.

ޑރ. މޫސާ ޙުސައިން ވިދާޅުވީ މިހާލަތުގައި ތަމްރީނު ލިބެން ޖެހޭނީ ވަކި ދާއިރާއެއްގެ ޑޮކްޓަރުންނަށް ނޫން ކަމަށާއި ހުރިހާ ދާއިރާއެއްގެ ޑޮކްޓަރުންނަށް ވެސް ތަމްރީނު ބޭނުންވާ ކަމަށެވެ.

ޑރ. މޫސާ ޙުސައިން ވަނީ ހޮސްޕިޓލަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަ ކުރުމަށާއި މީހުން ތަމްރީނުކޮށް އަދި އެހެންވެސް ކަންކަން ފުރިހަމަކުރަން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.

މިއަދު ފެށި ތަމްރީނު ޕްރޮގްރާމްގެދަށުން ތަމްރީނުވާ ޑޮކްޓަރުން ގެންދަވާނީ އިތުރު ޑޮކްޓަރުން ތަމްރީނުކުރައްވަމުންނެވެ. އެހެންކަމުން މިއީ ނިމުމެއް ނެތި ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި ކުރިއަށް ގެންދެވޭނެ ޕްރޮގްރާމެއްކަން ޑރ. މޫސާ ޙަސަން ވަނީ ފާހަގަ ކުރައްވައިފައެވެ.

މިއަދު އޮންލައިން