ކޮރޯނާ ވައިރަހާއި ގުޅިގެން އިމްޕޯޓްކުރާ ބައެއް ތަކެތީގެ ޑިއުޓީތައް ރައީސުލްޖުމްހޫރިއްޔާ މާފުކޮށްދެއްވައިފިއެވެ.
ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނު"ގެ އަށް ވަނަ މާއްދާގެ ހ. އަދި ށ. ގައިވާ ގޮތުން، މުޅި ރާއްޖޭގެ ރައްޔިތުންގެ މަންފާއަށް ޓަކައި ނުވަތަ ވަކި ރަށެއްގެ މަންފާއަށް ޓަކައި ރާއްޖެ އެތެރެކުރާ ތަކެތިން ޑިއުޓީ މާފުކުރުމުގެ ބާރު ވަކި ހާއްސަ ހާލަތްތަކެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެ އެވެ.
އަލަށް ޑިއުޓީ މާފްކުރި ތަކެތީގެ ތެރޭގައި ޕްރޮޓެކްޓިވް މާސްކާއި ހޭންޑް ވޮޝްއާއި ޕްރޮޓެކްޓިވް ގްލޯވްއާއ ފޭސްޝީކްޑާއި ޑިސްއިންފެކްޓް ހިމެނެއެވެ.
މީގެ ކުރިން ވަނީ ރާއްޖެ އެތެރެކުރާ ސާޖިކަލް މާސްކާއި ސެނިޓައިޒާއިން ނަގަމުން އައި ޑިއުޓީވެސް ކަސްޓަމްސްއިން ވަނީ ކަނޑާލައިފައެވެ.