މިހާރު ފެތުރެމުން މިދާ ކޮރޯނާ ވައިރަސް މާބަނޑު އަނހެނަކަށް ޖެހުނު ނަމަވެސް، ކޮވިޑްގެ ވައިރަސް ރަހިމުގެ މަހުންލާފައި ދަތުރުނުކުރރާ ކަމަށާއި،
ދަރިފުޅު އޮންނަ ފެންގަނޑުތެރޭގައި ނުހުންނަ ކަމަށާއި، ބަނޑުގައި އޮންނަ ދަރިފުޅަށް (ވައިރަސް) ނުދާ ކަމަށް ޑރ. އަޙްމަދު ފައިޞަލް ވިދާޅުވެއްޖެއެވެ.
މީގެ އިތުރުން ޑރ. ފައިޞަލް ވިދާޅުވެފައިވަނީ ދަރިފުޅަށްދޭ މައިމީހާގެ ކިރުގައިވެސް ވައިރަސް ނުހުންނަ ކަމަށެވެ.
މައިމީހާގެ ކިރަކީ ތުއްތު ކުދިންނަށްޓަކައި އެންމެ ރައްކައުތެރި އަދި އެންމެ ފައިދާހުރި ކާނާ ކަމުގައި ﷲ ތަޢާލާ ވަނީ ލައްވަވައިފައެވެ. މިކަމުންވެސް އެނގިގެން މިދަނީ އެކުދިންނަށްޓަކައި މައިމީހާގެ ގާތުންދޭ ކިރުގައި ﷲ ތަޢާލާ ލައްވަވައިފައިވާ ރައްކައުތެރިކަމެވެ! ސުބްހާންﷲ!
"ކޮވިޑް މަންމައަށް ޖެހިފައި ހުއްޓަސް ކޮވިޑްގެ ވައިރަސް ރަހިމުގެ މަހުންލާފައި ދަތުރުނުކުރޭ، ދަރިފުޅުއޮންނަ ފެންގަނޑުތެރޭގައި ނުހުރޭ, ބަނޑުގަ އޮންނަ ދަރިފުޅަކަށް ނުދޭ
އަދި ދަރިފުޅަށްދޭ މައިމީހާގެ ކިރުގައިވެސް ވައިރަސް ނުހުރޭ! ٱلْحَمْدُ لِلَّٰهِ
"—ޑރ. އަޙްމަދު ފައިޞަލް
މިދިރާސާއާއެކު ބަދަލެއް؛
— Ahmed Faisal (@Faisalnaifaru) March 21, 2020
ކޮވިޑް މަންމައަށް ޖެހިފައި ހުއްޓަސް ކޮވިޑްގެ ވައިރަސް ބަނޑުގަ އޮންނަ ދަރިފުޅަކަށް ނުދޭ
ބައެއްފަހަރު ދަރިފުޅު އޮންނަ ފެންގަނޑުން ވައިރަސްފެނިފައިއެބަހުރި
ދަރިފުޅަށްދޭ މައިމީހާގެ ކިރުގައި ވައިރަސް ނުހުރޭ
ٱلْحَمْدُ لِلَّٰهِ https://t.co/WfvreA2RYO pic.twitter.com/OcpHuGTf7j