މާރުކޭޓްތަކާއި ފިހާރަތައް ބަންދު ނުކުރެވޭނެ ކަމަށާއި ބަންދުކޮށްފިނަމަ ވަރަށް ގިނަ ދަތިތައް ކުރިމަތިވާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.
މަބްރޫކް މިރޭ ވިދާޅުވީ މާރުކޭޓްތައް ހުޅުވާ ގަޑި މަދުކުރި ނަމަވެސް ނުކުންނާނީ އިތުރު މައްސަލަތައް ކަމަށެވެ. "އެއިރުން ވާނެ ގޮތަކީ ހުޅުވާ ގަޑީގައި މީހުން ގިނަވެ ބާރު ބޮޑުވެ ތޮއްޖެހޭނީ!"
މަބްރޫކް ވިދާޅުވީ ޙައްލަކީ މީހުން ހޭލުންތެރިވެ ދުރުދުރުގައި ތިބުން ކަމަށެވެ. ހުރިހާ ރައްޔިތުންގެ ސަލާމަތަށްޓަކައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށާއި އަޅަމުން ގެންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުން ކަމަށެވެ! "މާރުކޭޓަށް ދިއަ ނަމަވެސް ފިހާރައަކަށް ވަން ނަމަވެސް ގައިގޯޅި ނުވެ ދުރުދުރުގަ ތިބެލައިދޭންވީ!"