ބޭރުގަ ކިޔަވަން ތިބި މެޑިކަލް ދަރިވަރުން ރާއްޖެ އައިސް ޚިދުމަތްކުރުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ބޭރުގަ ކިޔަވަން ތިބި މެޑިކަލް ދަރިވަރުން ރާއްޖެ އައިސް ޚިދުމަތްކުރުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލައިފި

ބޭރުޤައުމުތަކުގައި ކިޔަވަން ތިބި މެޑިކަލް ދަރިވަރުން ރާއްޖެ އައިސް ޚިދުމަތްކުރުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލައިފި އެވެ. 

ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވީ މިކަމަށް ފުރުޞަތު ހުޅުވައިލުމުން މިހާރުވެސް 100 އަޥްުރެ ގިނަ ދަރިވަރުން ކުރިމަތިލާފައިވާ ކަމަށާއި އެއިގެ ތެރޭގައި ނޭޕާލްގައި ތިބި 35 ދަރިވަރަކުވެސް ހިމެނޭ ކަމަށެވެ. "އެކުދިންނާ ނޭޕާލުން އަންނަން ބޭނުންވެގެން އެދިފައި ތިބި 67 ކުއްޖަކު ރާއްޖެ ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުން." ކަމަސްވެސް މަބްރޫކް ވިދާޅުވިއެވެ. 

ގިނަ ޤައުމުތަކުގައި ލޮކްޑައުންގެ ޙާލަތު އޮތުމުން އެ ޤައުމުތަކުގައި ތިބި ނަމަވެސް ކިޔެވުމަށް މިހާރު ވަނީ ހުރަސްތައް ކުރިމަތިވެފައެވެ. ހަމަ އެއާއިއެކު ކޮވިޑް19 އާއި ގުޅިގެން ގިނަ ބައަކު ކަރަންޓީނުކޮށް ޚިދުމަތް ދެމުން ގެންދާތީ ގިނަ ރަށްތަކެއްގައި ޞިއްޙީ ކަންކަން ބަލަމުން ގެންދާތީ ޞިއްހީ އިތުރު ޚިދުމަތްތެރިން ރާއްޖެއަށް ވަނީ ބޭނުންވެފައެވެ. 

ރާއްޖެއިން ބޭރުގައި މަތީ ތައުލީމަށް ކިޔަވަމުންދާ ގިނަ އަދަދެއްގެ ދިވެހި ޑޮކްޓަރުންވެސް ތިބިކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން