ދެ ރިސޯޓެއްގެ ދެ ދިވެހިން ކޮރޯނާއަށް ޓެސްޓު ކުރަނީ!

ކިޔުމަށް ހޭދަވާނީ 57ސ
ދެ ރިސޯޓެއްގެ ދެ ދިވެހިން ކޮރޯނާއަށް ޓެސްޓު ކުރަނީ!

ސެންޓާރާ ގްރޭންޑް އަދި އަދާރަން ކުލަބް ރަންނާޅި ރިސޯޓުން ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19 އަށް ޝައްކު ކުރެވޭ ދެ ދިވެއްސެއްގެ ސާމްޕަލް ނަގައިފިއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން، ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އަދާރަން ކުލަބް ރަންނާޅި ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ސެންތާރާ ގްރޭންޑް ރިސޯޓުންވެސް ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދާ ކަމަށެވެ. އަދި ޓެސްޓްގެ ނަތީޖާ ލިބެންދެން މި ދެރިސޯޓުވެސް ވަނީ މޮނިޓަރިންގް ގެ ހާލަތުގައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ރާއްޖެއިން ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވްވިއެވެ. ނަމަވެސް އޭގެތެރެއިން ސޭންޑީޒް ބަތަލާގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ދެމަފިރިން މިހާރު އެ ބަލިން ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ރޭ ވަނީ ހާމަކޮށްފައެވެ.

މިއަދު އޮންލައިން