ރާއްޖެއިން ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 ޖެހުނު އިތުރު މީހަކު ރަނގަޅުވެއްޖެއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ މި މީހާއަކީ ކުރެއްދޫ ރިސޯޓުން ކަރަންޓީން ކުރި މީހެއް ކަމަށެވެ.
ނޭޝަނަލް އެމެޖެންސީ ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑރ.މޫސާ މުރާދު ވިދާޅުވީ ކޯވިޑް-19އަށް ކުރެއްދޫއިން ގެންދިޔަ މީހާ އައިސޮލޭޝަން ފެސިލިޓީސްއަށް ގެންގޮސް ފަރުވާދެމުން ގޮސްފައިވަނީ މިމަހުގެ 7ވަނަ ދުވަހުގައިކަމަށެވެ.
އޭނާގެ ފުރަތަމަ ޓެސް މިމަހުގެ 18ވަނަ ދުވަހު ހެދުމަށްފަހު އިތުރަށް ޔަގީންކުރުމަށްޓަކައި 20ވަނަ ދުވަހު ހެދުނު 2ވަނަ ޓެސްޓުންވެސް ނެގެޓިވް ވުމަށް ބަލިން ރަނގަޅުވެފައިވާކަމަށް ނިންމާފައިވާކަމަށެވެ. ކޯވިޑް-19 ޖެހޭ މީހުން ރަނގަޅުވިމަށް ޑަބައިލިއ އެޗްއޯއިން ބަލާ މިންގަޑަކީ ދެ ޓެސްޓްކުރުމަށްފަހުގައިކަމަށް ޑރ.މުރާދު ވިދާޅުވިއެވެ. އަދި މިމީހާވެސް ކުރިއަށް 30 ދުވަހު ކަރަންޓީން ކުރެވޭނެކަމަށެވެ.
މިއާއިއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހުނު 13މީހުންގެ ތެރެއިން 3 މީހަކުވަނީ ރަނގަޅުވެފައެވެ.