ކޮރޯނާ ވައިރަސް: ރާއްޖެއިން ބަލި ޖެހުނު ދެ މީހަކު ރަނގަޅުވެއްޖެ!

ކިޔުމަށް ހޭދަވާނީ 1މ 47ސ
ކޮރޯނާ ވައިރަސް: ރާއްޖެއިން ބަލި ޖެހުނު ދެ މީހަކު ރަނގަޅުވެއްޖެ!

ރާއްޖޭގައި ކޯވިޑް 19 ޖެހުނު މީހުންގެ ތެރެއިން 2 މީހަކު މުޅިން ރަނގަޅުވެފައިވާކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ކޯވިޑް 19 ޖެހިގެން ރައްޖޭގައި 13 މީހަކަށް ފަރުވާދެމުންދާކަމަށެވެ. އޭގެ ތެރެއިން ފަރުވާދެވި މިހާތަނަށް 2 މީހަކު މުޅިން ރަނގަޅުކުރެވިފައިވާކަމަށެވެ.

ޢާންމު ދިރިއުޅުމަށް އުގަދޫ ޚައްޞާސް މިދަނޑިވަޅުގައި ހުރިހާ ރައްޔިތުން ކެތްތެރިވެ ކަމާބެހޭ ފަރާތްތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެބުމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިކަމުން ރައްކާތެރިވުމަށް ސަރުކާރުން ކުރަމުންދާ އުންމީދު އެއްވެސް މިންވަރަކަށް ކުޑަނުކުރާކަމަށާ، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއެކު މިކަމުން ރައްޔިތުން ސަލާމަތްކުރުމަށްކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ކޯވިޑް-19 ބަލިޖެހިގެން ގެންދިޔަ ދެމީހުނަށް ފަރުވާދެއްވި ޑޮކްޓަރުން ވިދާޅުވީ މިދެމީހުން ބަލިން ރަނގަޅުވެފައިވާކަމަށް ބަލާފައިވަނީ ޑަބްލިއުއެޗްއޯއިން ބަލާމިންގަނޑުތަކާ އެއްގޮތަށް ކޯވިޑް-19ގެ ދެ ޓެސްޓްކޮށް އެދެޓެސްޓުވެސް ނެގެޓިވް ވުމުންކަމަށެވެ. އަދި ޑޮކްޓަރުންގެ ޓީމުން ނިންމާފައިވަނީ މީގެ ތެރެއިން 70 އަހަރުގެ މީހާ މިފެށޭ ހަފްތާގެ އާދީއްތަ ދުވަހު ދޫކޮށްލުމަށެވެ. އަދި ދެން ހުރިމީހާވެސް ރަނގަޅުކަން އިތުރަށް ކަށަވަރުކުރުމަށްފަހު މިހަފްތާގެ ތެރޭގައި ދޫކޮށްލަން ނިންމާފައިވާކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ.

 

ކޯވިޑް-19 އަށް ރާއްޖޭން މިހާތަނަށް ޕޮސިޓިވްވެފައިވަނީ 13 މީހެއް

- ކުރެއްދޫ އައިލެންޑް ރިސޯޓުން 5 މީހުން

- ސޭންޑީޒް ބަތަލާ ރިސޯޓުން 2 މީހުން

- ކުރަމަތި މޯލްޑިވްސްއިން 2 މީހުން

- ސަފާރީއަކުން 2 މީހުން

- އަނަންތާރަ ދިގު މޯލްޑިވްސްއިން 2 މީހުންނެވެ.

 

ރޯގާގެ އަސަރު ކިރިޔާ ހުރި މީހުންނާއި ބަލީގެ އަލާމާތްތައް ކިރިޔާ ފެންނަ މީހުންގެވެސް ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ކޯވިޑް-19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

 

 

މިއަދު އޮންލައިން