ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ރަޝިޔާގައި ކަރަންޓީނުކުރި ދެ ދިވެއްސަކު، އެބައްޔަށް ނެގަޓިވް ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ކޮވިޑް-19 އާއި ގުލޭގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތު ދެއްވާ، ރައީސް އޮފީހުގެ އަންޑަ ސެކްރަޓަރީ މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ، ކޮރޯނާ ވައިރަސްގެ އަލާމާތްތަކެއް ފެނިގެން ރަޝިޔާގައި ކަރަންޓީނު ކުރި ތިން ދިވެހިންގެ ތެރެއިން ދެ ދިވެއްސަކު މިބައްޔަށް ނެގަޓިވް ކަމަށާއި ދެން ހުރި މީހާގެ ނަތީޖާ އަދި ނުލިބޭ ކަމަށެވެ.
އެމީހުންގެ ކަރަންޓީނު މުއްދަތު 10 ދުވަހަށް އިތުރު ކޮށްފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.