ފާއިތުވި ދުވަހަކީ އެ ކުޑަކުޑަ ކޮރޯނާ ވައިރަސް އިތުރަށް ދުނިޔެ ބިރުގަންނަވައިލި ދުވަހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ފާއިތުވި ދުވަހަކީ އެ ކުޑަކުޑަ ކޮރޯނާ ވައިރަސް އިތުރަށް ދުނިޔެ ބިރުގަންނަވައިލި ދުވަހެއް!

ފާއިތުވި ދުވަސްތަކަށް ބަލައިފިނަމަ އިއްޔެ އަކީ އެ ކުޑަކުޑަ ކޮރޯނާ ވައިރަސް އިތުރަށް ދުނިޔެ ބިރުގަންނަވައިލި ދުވަހެކެވެ. އިޓަލީގައި އެކަނިވެސް މަރުވި މީހުންގެ އަދަދު 3400 އަށްވުރެ ގިނަވެފައިވާއިރު ޗައިނާގައި މަރުވި މީހުންނަށްވުރެ އިޓަލީގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ ގިނަވެފައެވެ. ޕޮޒިޓިވްވި މީހުންގެ ޖުމުލަ ވަނީ 41000 އަށް އަރައިފައެވެ. 

ޖަރުމަން، އިޓަލީ އަދި އީރާނަށް ބަލައިފިނަމަ ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ ކޮންމެ ޤައުމެއްގައި 15000 އަށް އަރައިފައެވެ. އެމެރިކާއިގައި ޕޮޒިޓިވްވި މީހުންގެ އަދަދު 13000 އަސް އަރާފައިވާއިރު މަރުވި މީހުންގެ އަދަދުވަނީ 200 އަށް އަރައިފައެވެ. ކެލިފޯނިއާ ސްޓޭޓް ވަނީ އެކުގައި ލޮކްޑައުންކޮށްފައެވެ. 

ދެކުނު އޭސިއާއަށް ބަލައިފިނަމަ އެންމެ ގިނަމީހުން ޕޮޒިޓިވްވެފައިވަނީ މެލޭސިޔާގައެވެ. 130 މީހުން އިތުރަށް ޕޮޒިޓިވްވެފައިވާއިއރު ޕޮޒިޓިވްވި މީހުންގެ ޖުމުލަ ވަނީ 1030 އަށް އަރައިފައެވެ.

 

 

މިއަދު އޮންލައިން