ލޮލަށް ނުފެންނަ ކުޑަކުޑަ ވައިރަސްއެއް މުޅި ދުނިޔެ ހުއްޓުވައިފި! މިއީ ކުޑަކަމެއް ނޫން! ޙައްލު ލިބުން އޮތީ ހަމައެކަނި ﷲ ގެ ހަޟްރަތުން: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ލޮލަށް ނުފެންނަ ކުޑަކުޑަ ވައިރަސްއެއް މުޅި ދުނިޔެ ހުއްޓުވައިފި! މިއީ ކުޑަކަމެއް ނޫން! ޙައްލު ލިބުން އޮތީ ހަމައެކަނި ﷲ ގެ ހަޟްރަތުން: މުފްތީ މެންކް

އިންސާނުންގެ ލޯތަކަށް ނުވެސް ފެންނަވަރުގެ ކުޑަކުޑަ ވައިރަސްއެއް މުޅި ދުނިޔެ ސިއްސުވާލައިފިއެވެ. ހީވެސް ކުރެވިފައި ނެތްވަރުގެ ބޮޑެތި މުޞީބާތްތައް މުޅި ދުނިޔެއަށް ކުރިމަތިކުރުވައިފިއެވެ. 

އެތައް ޤައުމެއްގެ ހުރިހާ ރައްޔިތުން ކަރަންޓީނުކުރުވައިފިއެވެ. ގެތަކާއި ތަންތަނުގައި ބަންދުކުރުވައިފިއެވެ. ވިޔަފާރިތަކާއި އެހެނިހެން އެތައްކަމެއް ހުއްޓުމަކަށް ގެނުވައިފިއެވެ. 

ކުރިމަތިވެދާނެ ކަންތައްތަކަށް ވިސްނައި ތައްޔާރުވާށެވެ! ކަންކަން ހަމައަކަށް އެޅެން ވަގުތުތަކެއް ނަގާނެއެވެ. މިކަންކަމަކީ އާދައިގެ ކަމެއްގެ ގޮތުގައި ނުދެކޭށެވެ! ކުރިމަތިވެފައިވާ ޙާލަތަށާއި ކުރިމަތިވެދާނެ ޙާލަތަށް ކެތްތެރިކަން ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! އަހަރެމެންގެ ދިރިއުޅުމުގެ ކިތަންމެ ބޮޑު ނުރަކަލެއްގައިވީނަމަވެސް އަހަރެމެންނާއި ﷲ ތަޢާލާ އާއި އޮންނަން ޖެހޭ ނުވަތަ ބާއްވަން ޖެހޭ ގުޅުން ނުރައްކަލުގެ ތެރެއަށް ނުލާށެވެ! 

ދުނިޔެއަށް ކުރިމަތިވެފައިވާ ޙާލަތުން އަރައިގަތުމަށް މީސްތަކުންނަށް ކުރެވެން ހުރި ކަންކަން ވަރަށް މަދެވެ. މީސްތަކުންގެ ބާރު މިވަނީ ކެނޑިފައެވެ. ކޮރޯނާ ވައިރަސް ފެތުރެމުން މިދަނީ ބޯޖަންގައްޔެއްގައި އަލިފާން ރޯވުމުން ފެތުރޭނެ ބާރުމިނުގައެވެ. ވިސްނާށެވެ! މީސްތަކުންގެ ކިބައިގައި އެއްވެސް ބާރެއް ނެތް ނަމަވެސް ހުރިހާ ކަމެއްގެ ހުރިހާ ބާރުތަކެއް ﷲ ތަޢާލާއަށް ލިބިވޮޑިގެންވެއެވެ. އަހަރެމެން އުޅެމުން މިގެންދާ ބިރުވެރި، ނިކަމެތި ޙާލަތު ﷲ ތަޢާލާ މޮޅަސް ދެނެވޮޑިގެންވެއެވެ. 

މިއީ ތިމާ ޢާއި ނުބެހޭ ކަންކަމާއި ބެހި ހަކަތަ އިސްރާފުކުރަންވީ ވަގުތެއް ނޫނެވެ. ކޮންމެ ދުވަހަކު ތިމާއަށް ކުރިމަތިވަމުން އަންނަ މުޞީބާތްތަކުން އަރައިގަތުމަށް ގަދައަޅައި މަސައްކަތް ކުރަމުން ގެންދާށެވެ! އަހަރެމެން އެންމެންގެ ޙާލަތު ﷲ ތަޢާލާ ހަމަ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. ﷲ ތަޢާލާއަށް ދުޢާކުރުން ގިނަކޮށް އެކަލާނގެ ޙަޟްރަތުން ވާގިއެދުން ގިނަކުރާށެވެ! ޙައްލު މިންވަރުކުރރެއްވެވޭނީ ހމައެކަނި ﷲ ތަޢާލާއަށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން