ޑރ. އަފްޟަލްގެ އިލްތިމާސް! ޤައުމު އެދެނީ ގޭގަ މަދުކުރަންޖެހޭ މުއްދަތުގަ މަޑުކޮށްދިނުން! އެކަން ކޮށްދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ޑރ. އަފްޟަލްގެ އިލްތިމާސް! ޤައުމު އެދެނީ ގޭގަ މަދުކުރަންޖެހޭ މުއްދަތުގަ މަޑުކޮށްދިނުން! އެކަން ކޮށްދެއްވާ!

ކޮރޮނާ ވައިރަސް އާއި ގުޅިގެން ރާއްޖޭގެ މިވަތުގެ ޙާލަތުގައި ޤައުމު އެދެނީ 14 ދުވަހު ގޭގައި މަޑުކޮށްދޭން ބުނާ މުއްދަތުގައި ގޭގައި މަޑުކޮށްދިނުމަށް ކަމަށާއި އެކަން ކޮށްދިނުމަށް އެންގޭ ހުރިހާ ރައްޔިތުންގެ ކިބައިންވެސް އެކަން ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ޑރ. އަފްޟަލް ވިދާޅުވެއްޖެއެވެ. 

 

ޑރ.އަފަޟަލް މިކަމަށް އެދިވަޑައިގެން އިލްތިމާސް ކުރެއްވީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. 

 

ޑރ. އަފްޞަލް މިރޭ ވެސް ވިދާޅުވީ އެއާޕޯޓްތަކަށް ދިއުމާއި ފްލައިޓްގައި ދަތުރުކުރުން މިވަގުތު ރައްކާތެރި ނޫން ކަމަށާއި ކިރިޔާވެސް މަޑުކުރެވެން އޮތް ނަމަ މިޙާލަތުގައި ރަނގަޅީ އެމީހަކު މިވަގުތު ހުރި ޤައުމެއްގައި މަޑުކޮށްލުން ކަމަށެވެ. 

 

މީގެ އިތުރުން ބަލިން ރައްކާތެރިވުމަށް ޞިއްޙީ ފަރާތްތަކުން ދެމުން ގެންދާ އިރުޝާދުތަކަށް އަމަލުކޮށދިނުމަށްވެސް ޑރ. އަފްޟަލް ވަނީ އެދިވަޑައިގެންފައެވެ.

މިއަދު އޮންލައިން