އއ.ބޮޑުފުޅަދޫ އިން ފަތުރުވެރިއެއްގެ ކިބައިން ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ޝައްކު ކުރެވޭ ފަދަ އަލާމާތްތަކެއް ފެނުމާއެކު އެ ރަށަށް އަރައި ފޭބުން މަނާކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން އެޗްޕީއޭ އިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޯވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ބޮޑުފުޅަދޫއިން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ޓެސްޓުގެ ނަތިޛާ ލިބެންދެން އެރަށް އޮތީ މޮނީޓަރިންގެ ހާލަތުގައި ކަމަށާއި މިހާލަތުގައި އެރަށަށް އެކަކުވެސް އަރާފޭބުމަކީ މަނާ ކަމެއް ކަމުގައިވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ.
ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން 13 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.